ފަސްވަނަ ދައުރަކަށް ރަޝިޔާގެ ރައީސްކަމުގެ ހުވާ ވްލެޑިމިއަރ ޕުޓިން ކުރައްވައިފިއެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ޕުޓިން ވިދާޅުވީ މިހާރުގެ މި ދަތި ވަގުތު ފަހަނައަޅައި ނުކުންނާނީ އިތުރަށް ވަރުގަދަކޮށް ކަމަށެވެ. ޕުޓިން އިތުރަށް ވިދާޅުވީ ރަޝިޔާ އަކީ އެއްބައިވަންތަ ގައުމެއް ކަމަށާއި އެއްބައިވަންތަކަމާއެކީ ހުރިހާ ހުރަސްތަކުން އަރައިގަނެވޭނެ ކަމަށެވެ.

އެމެރިކާ އަދި އެހެން ހުޅަނގުގެ ގައުމުތަކުން ވަނީ މި ރަސްމިއްޔާތު ބޮއިކޮޓް ކޮށްފައެވެ. ސަބަބަކަށް ބަޔާން ކޮށްފައިވަނީ ރަޝިޔާއިން ޔޫކްރެއިންއާއި ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައެވެ.

ޕޫޓިންވަނީ 1999 އިން ފެށިގެން ރަޝިޔާގެ ރައީސްކަން އަދި ބޮޑު ވަޒީރުކަން ކުރައްވާފައެވެ. ޕޫޓިން އަކީ ހުޅަނގުގެ ލީޑަރުންނަށް ގޮންޖަހާ ލީޑަރެއްގެ ގޮތުގައި އަބަދުވެސް ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން