ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފް (ވ. 3 ވަނަ)
ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފް (ވ. 3 ވަނަ)
ސިފައިންގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފް ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރަށްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން މީސްމިޑިއާގައި ބުނެފައިވަނީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ ޙައިސިއްޔަތުން ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފް ޚާރިޖީ ވުޒާރާގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންފައިވާ ކަމަށެވެ.

އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންފައިވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހޫގޯ ޔޮންއާއެކު ޚާރިޖީ ވުޒާރާއިން ބޭއްވެވި ބައްދަލުވުމުގައެވެ.



ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް އަބްދުއްރަޙީމް އައްޔަނު ކުރަށްވާފައިވާއިރު ރާއްޖެއިން ތުރުކީއަށް ކަނޑައަޅާ ފުރަތަމަ ސަފީރަކަށް އަބްދުއްރަޙީމް އައްޔަނު ކުރެއްވުމަށް ސަރުކާރުން ނިންމަވާފައި ވާކަމަށް ރާއްޖޭގެ މީޑިއާގައި މިއަދުވަނީ ރިޕޯޓް ކޮށްފައެވެ. ތުރުކީގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ އެމްބަސީއެއް ޤާއިމު ކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ 13 ވަަނަ ދުވަހުއެވެ.

ސިފައިންގެ ހިދުމަތުގައި 39 އަހަރު ވަންދެން އުޅުއްވުމަށް ފަހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭ އުމުރު ގާނޫނީ ގޮތުން ހަމަވާތީ އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 17 ގަ އެވެ.

ސިފައިންގެ ގާނޫނު ބުނާގޮތުން، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން