ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް ޢިމްރާން ޢަބްދުالله މިވަގުތު އުޅުއްވަނީ މީސްމީޑިއާގައި ޢާއްމު ރައްޔިތުންގެ ފަރާތުން ކުރިމަތިވަމުންދާ ފާޑު ކިޔުންތަކުން އަރައިނުގަނެވިގެންނެވެ.

މަގުމަތީގެ އެކްސިޑެންޓެއްގައި ޢާއްމު ރައްޔިތަކަށް މާފްކުރަށްވަން އިމްރާން ދެކޮޅުހައްދަވައި “މަވެތިކަން” ދައްކަވާފައި ވާކަމަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރު އިންމު ވިދާޅުވާ ވީޑީއޯއެއް މީސްމީޑިއާގައި ޢާއްމުވެ ހޫނުފެނަށް ވެއްޓިފައިވާ ޝެއިޚް އިމްރާންގެ ވީޑީއޯއެއް އަނެއްކާވެސް މީޑީއާގައި ވަނީ ދައުރުވާން ފަށާފައެވެ.

އެގޮތުން މިފަހަރުވެސް ޝެއިޚް އިމްރާނަށް ފާޑުކިޔުން އަމާޒުވެފައިވަނީ އިމްރާނެއްގެ ފަރާތުންނެވެ. އެގޮތުން އިމްރާން އާދިލް މީސްމީޑިއާ އަށް ދޫކޮށްލާފައިވަނީ ރައީސް ޑރ. މުޢިއްޒަށް ކުޑައިމީސްކޮށް ޝެއިޚް އިމްރާން ދައްކަވާފައިވާ ވާހަކަތަކެކެވެ.

ޝެއިޚް އިމްރާން ލީޑަރުކަން ކުރަށްވާ ޢަދާލަތު ޕާޓީން ސިޔާސީ ޙަޔާތްޕުޅު ފެއްޓެވި ރައީސް ޑރ. މުޢިއްޒަށް ނިސްބަތް ކުރަށްވައި މިވީޑީއޯގައި ޝެއިޚް އިމްރާން ވިދާޅުވެފައިވަނީ ރައީސް ޑރ. މުޢިއްޒަށް ވެރިކަން ލިބިއްޖެނަމަ ޖަލުތައް ފުރޭނެ ކަމަށެވެ.

“އެހެންވީމާ ވިދާޅުވީ މުޢިއްޒުގެ ވެރިކަމުގައި ޢަދުލުވެރިކޮށް ޖަލަށް ލާނަމޭ އެންމެން. ޖަލުތައް ފުރޭނެ.” ވީޑިއޯގައި ޝެއިޚް އިމްރާން ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން މިވީޑިއޯ މީސްމީޑިއާއަށް ދޫކޮށްލެއްވި އިމްރާން ޢާދިލް ވިދާޅުވީ މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. ނަމަވެސް ކޮންމެ ކަމެއްގައި ރައީސް ޑރ. މުއިއްޒު ދައްކަވަމުން ގެންދަނީ އަދުލުވެރިކަން ކަމަށް އިމްރާން ޢާދިލް ވިދާޅުވެފައިވެއެވެ.

“ވެރިކަމަށް 5 މަސް ވީއިރު މިހިރަ ފެންނަ ނުބައި ދުލުގެ ވެރިޔާ ބުނި އެއްކަމެއްވެސް ނުހިންގާ އެއްވެސް މީހަކު ޖަލަކަށް ނުލާ،” އިމްރާން އާދިލް މީސްމީޑިއާގައި ވިދާޅުވިއެވެ.



ރައީސް ޑރ. މުޢިއްޒުގެ ޢަދުލުވެރިކަމަށް ޢިމްރާން އާދިލް ތަޢުރީފް ކުރަށްވާފައިވާއިރު އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ދަތުރު ކުރައްވަމުން ގެންދެވި ކާރުގައި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) ޢާއްމު ކުރެއްވި ވީޑީއޯއާމެދު ހިތްފުޅުހަމަޖެހިވަޑައި ނުގަންނަވާކަމަށް ރައީސް ޑރ. މުޢިއްޒުވަނީ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒުގެ ޕީއެންސީއަށް ނިސްބަތްވާ އިންތިޚާބީ މެންބަރު އިންމު ޢާއްމު ކުރެއްވި ވީޑިއޯ އާ ގުޅިގެން އިންމުއަށް ނަސޭޙަތްތެރިވެ ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިއޯކޮށް ޢާއްމުންގެ ތެރޭގައި އެމީހަކު ފަލީހަތްކޮށް ހެދުމަކީ، އަހުލާގީ ގޮތުންނާއި އިޖްތިމާއީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަމެއްނޫން ކަމަށެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އަދި އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ވެސް ގާއިމުވެ އެބަ އޮތް ކަމަށެވެ.

“ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވޭ!” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި ރައީސް ޑރ. މުޢިއްޒަށް ނިސްބަތްކޮށް އަސްލެއްނެތް އެތައް ވާހަކަތަކެއް އިދިކޮޅު ފަރާތްތަކުން ފަތުރާފައިވީ ނަމަވެސް އެ ފަރާތްތައް ފަޟީޙަތް ނުކުރުމަށް ރައީސް މުޢިއްޒު އެދިވަޑައިގެންފައިވާތީ ގިނަ ބަޔަކު ގެންދަނީ މީސްމީޑިއާގައި ރައީސް ޑރ. މުޢިއްޒަށް ތަޢުރީފް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން