ގަތަރު އަދި މިސްރުން ހުށައަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ ހުށައެޅުމަކަށް ހަމާސް ޖަމާއަތުން އެއްބަސްވެއްޖެއެވެ.

ހަމާސްގެ އިސް އޮފިޝަލެއްކަމުގައިވާ ޚަލިލް އަލްހައްޔާ ބުނާ ގޮތުގައި ހަމާސްއިން އެއްބަސްވެފައިވާ ހުށައެޅުމުގައި ވާގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއިން ފައިބާ، ޣައްޒާގެ ރައްޔިތުންނަށް އެމީހުންގެ ގެތަކަށް ދިއުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. އަދި ހަމާސްއިން ރަހީނުކޮށްފައިވާ އިސްރާއީލުގެ ރައްޔިތުންނާއި އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން ދޫކޮށްލެވިގެންދާނެއެވެ.

އިސްރާއީލުގެ ސަރުކާރުން އަދި މި ހުށައެޅުމަށް އެއްބަހެއް ނުވެއެވެ. އިސްރާއީލުގެ ސަރުކާރުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިސްރާއީލުން މިސްރަށް މި ހުށައެޅުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ޓީމެއް ފޮނުވާނޭ ކަމަށެވެ. އަދި މި ހުށައެޅުމަކީ އިސްރާއީލުން ބޭނުންވާ ގިނަ ކަންކަން އެކުލެވިގެން ނުވާ ހުށައެޅުމެއް ކަމަށް ވެސް ބުނެފައި ވެއެވެ. އިސްރާއީލުން މިހާރުވެސް އަންނަނީ ރަފާހްއަށް ހަމަލާ ދެމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 34000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތަކެއް ބަޔަކު ވަނީ ބޭސްފަރުވާ އާއި ކާބޯތަކެއްޗަށްވެސް ޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން