މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ގަވަނިން ބޯޑުގެ ޗެއާޕާސަނަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަންކޮށްފިއެވެ.

މިއަހަރުގެ ޖެނުއަރީމަހުގެ 21 ގައި އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އަކީ އިކޮނޮމިކް މިނިސްޓްރީ ދަށުން ހިންގާ އިދާރާއެކެވެ. މިއީ އޯފް-ޝޯ ފައިނޭންސިން އާއި، އޮން-ޝޯ ފައިނޭންސިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމަށް އުފައްދާފައިވާ އިދާރާއެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެމްއައިއެފްއެސްއޭގެ ޗެއާޕާސަނަކަށް ޖިހާދު އައްޔަންކުރެއްވިކަން ހާމަކުރަށްވައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާއަށް އިންގިލާބެއް ގެނައުމަށް ރައީސް ގެންގުޅުއްވާ ތަސައްވަރު ޖިހާދު ޙަޤީޤަތަކަށް ހައްދަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ގަވަނިން ބޯޑުގެ ޗެއާކަމަށް އައްޔަންކުރެއްވި ޖިހާދަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފަހުން ހުންނެވި ނައިބް ރައީސްއެވެ. އެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ޖިހާދު ހުންނެވީ އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން