ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް
ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް
ކުޑަފަރީ ސިއްޙީ މަރުކަޒު އެޅުމަށް ކޮންޓްރެކްޓަރަށް އެޑްވާންސް ފައިސާ ޙަވާލުކުރި ނަމަވެސް މިހާތަނަށް ޢަމަލީ މަސައްކަތް ފަށާފައި ނުވާކަމަށް ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިމޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސަ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ކުޑަފަރީ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތްތައް ހުއްޓިފައިވާ ސަބަބު އޮޅުން ފިލުވުމަށް ޢީސަ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ރައީސް ޞާލިޙްގެ ސަރުކާރުގައި ޙަވާލުކުރި އެ މަސައްކަތަށް ކޮންޓްރެކްޓަރަށް ދޭންޖެހޭ އެޑްވާންސް ފައިސާ މިދިޔަ ޑިސެމްބަރުގައި ދީފައިވާ ކަމަށެވެ.

ނަމަވެސް މަސައްކަތުގެ އަމަލީ މަސައްކަތެއް ނުފެންނާތީ މިހާރު އެފަރާތަށް ނޯޓިސް ފޮނުވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކޮންޓްރެކްޓަރާއި މުއާމަލާތްކޮށްގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށާއި، އެހެންނަމަވެސް މިހާރު މަސައްކަތާއި ހަވާލުވެފައިވާ ކޮންޓްރެކްޓަރަށް ނުވާކަމަށް ވާނަމަ އެހެން ކޮންޓްރެކްޓަރެއް މެދުވެރިކޮށްވިޔަސް އެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެ.

ނ ކުޑަފަރީގެ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވަނީ ކޮންޓްރެކްޓަރާއި ހަވާލުކޮށްފައެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވީ އިރުވެސް އެމަސައްކަތް އަމަލީގޮތުން ފަށާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން