ކުޅުދުއްފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެރަށަށް އިތުރު ދެ ޖަނަރޭޓަރު ފޮނުވައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ކުޅުދުއްފުއްޓަށް 600 ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ފޮނުވާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށް ފެނަކައިން ހާމަކޮށްފައިވެއެވެ.

ރޯދަ މަހުން ފެށިގެން ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލައާ ގުޅިގެން، މިހިނގާ އޭޕްރީލް މަހުގެ ކަރަންޓު ބިލުތަކުން 50 އިންސައްތަ ޑިސްކައުންޓު ދޭން ފެނަކައިން ވަނީ ނިންމާފައެވެ.

ފެނަކައިން ބުނީ، ކުޅުދުއްފުށިން ކަރަންޓު ކެނޑުނީ އެރަށުގައި ހިންގަމުންއައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލްމޮޑިއުލް އަނދައިގެން ކަމަށެވެ.

އެމައްސަލަ ޙައްލު ކުރި ނަމަވެސް ފަހުން އަނެއްކާވެސް ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެ އެރަށުން ވަނީ ދޭތެރެ ދޭތެރެއިން ކަރަންޓުގެ ޚިދުމަތް މެދު ކެނޑީފައެވެ.

އަދި ސްޓެލްކޯގެ ފަރާތުން ވެސް ވަނީ އެ މަސައްކަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓެކްނިކަލް ޓީމެއް އެ ރަށަށް ފޮނުވައިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން