އިއްޔެ ރާއްޖޭގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ އިންތިޒާމުތައް ފުރިހަމަ އިންތިހާބެއްކަމަށް ބައިނަލްއަގުވާމީ އޮބްޒާވަރުން ބުނެފިއެވެ.

އިންތިހާބުގެ ކަންކަން ދިޔަގޮތާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިނަލްއަގުވާމީ އޮބްޒާވަރުންގެ ޓީމުގެ ބޭފުޅުން ދެއްކެވި ވާހަކައިގައި، މި އިންތިހާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްފައިވާލެއް ފުރިހަމަކަން ފާހަގަކޮށްފައިވެއެވެ.

ހާއްސަ ގޮތެއްގައި އެންމެ ކުދިކުދި ކަންކަމަށް ވެސް ސަމާލުކަން ދީފައިވާ މިންވަރާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށާއި އެކަމުން ފެނިގެންދިޔައީ އިންތިހާބުގެ ކަންކަމަށް އިލެކްޝަންސް ކޮމިޝަން ތައްޔާރުވެފައިވާ މިންވަރުކަމަށް ވަނީ ބުނެފައެވެ.

މިސާލެއްގެ ގޮތުން، ދެ ޖިންސްގެ މީހުން ވޯޓުލާން އައުމުން ދެ ކުލައިން ކުލަޖައްސާ ފާހަގަ ކުރަމުން ދާކަމީ ވޯޓުލާ މީހުންގެ މައުލޫމާތު ފަސޭހަކަމާއެކު ބަލާލުމަށް ފަސޭހަވެގެން ދާނެކަމެއްކަން އޮބްޒާވަރުން ވަނީ ފާހަގަ ކޮށްފައެވެ.

އޭގެ އިތުރުން، އިންތިހާބު ކުރިއަށްދިޔައިރު އިންތިހާބީ މައި މަރުކަޒުގައި މަސައްކަތްތައް ރާވާލައިވާ ގޮތާއި ގުޅޭގޮތުން ވެސް އޮބްޒާވަރުންވަނީ ތައުރީފު ކުރައްވާފައެވެ. އެގޮތުން، ލައިވްކޮށް ނަތީޖާ ބެލޭގޮތަށް އެކަން އިންތިޒާމު ކޮށްފައިވުމާއި، މުޅި އިންތިހާބުގެ ކަންކަން ވަގުތުން ފެންނަގޮތަށް ޒަމާނީ ގޮތްގޮތަށް އެ ތަނުގައި ކަންކަން އިންތިޒާމުކޮށްފައިވާކަން ފާހަގަކުރިއެވެ.

އޮބްޒާވަރުން ބުނެފައިވަނީ، މި އިންތިހާބުގައި ކުޑަ ވެސް ޝަކުވާއެއް އެ ފަރާތްތަކަށް ލިބިފައި ނުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން