މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓަށް ތައްޔާރުކަމަށާއި ހެނދުނު 8:00 ގައި ވޯޓުނަގަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓުނެގުމަށް އެ ކޮމިޝަނުން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކުގެ މައުލޫމާތު ހާމަކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ހުރިހާ ރަށެއްގައި ވެސް އަދި ރިސޯޓުތަކުގައި ވެސް ފޮށި ގެންދެވި މިހާރުވަނީ ވޯޓު ނެގުމަށް ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައި ކަމަށެވެ.

އަދި ހަމަ އެގޮތަށް ރާއްޖޭން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތައް ވެސް މިހާރުވަނީ ތައްޔާރުކުރެވި ވޯޓުނެގުމަށް ތައްޔާރު ކުރެވިފައިކަމަށް ވިދާޅުވިއެވެ.

ކޮމިޝަނުން ބުނީ، ވޯޓު ނެގުން ބަންދުވާނީ 5:30 ގައި ކަމަށާއި އެގަޑީގެ ފަހުން ވޯޓު ލުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުލިބޭނެކަމަށެވެ. އެހެންކަމުން އެ ގަޑީގެ ކުރިން ހުރިހާ ފަރާތްތަކަކުން ވެސް ވޯޓުލާ ނިންމުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން