ގުޅީފަޅު މަޝްރޫއު ކުރިއަަށްދާގޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފައިވަނީ، ގުޅީފަޅު މަޝްރޫއު ކުރިއަަށްދާގޮތް ބައްލަވާލެއްވުމަށް ރައީސް ޑރ. މުއިއްޒު މިއަދު ކުރެއްވި ޒިޔާރަތުގައި މިނިސްޓްރީގެ ފަރާތުން އެ މަޝްރޫއުގެ އަދާހަމަ ރައީސް މުއިއްޒުއަށް އެރުވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ޠައާމް ކަމަށެވެ.

ގުޅީފަޅަށް ރައީސް މުއިއްޒު ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެންވާރަމަންޓް މިނިސްޓަރު ތާރިޤް އިބްރާހިމް ބައިވެރިވެވަޑައިގެންފައިވެއެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަސަައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ގުޅިފަޅަށް 85 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމާފައިވާކަން ހާމަކުރަށްވާފައެވެ.

ގުޅީފަޅު ސަރަޙައްދަކީ މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ނިންމާފައިވާ އެއް ސަރަޙައްދެވެ. ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫޢު ޙަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއެވެ. އެ މަޝްރޫއަކީ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅު ހިއްކައިގެންނެވެ. ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖުލައިމަހުގެ 2 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން