ޕެރިހުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް އޮފީހަށް ޖާނު ގޮއްވާލައިގެން ހަމަލާއެއް ދޭން ބުނި މީހަކު ފްރާންސްގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން އޭނާ ހައްޔަރުކުރި އިރު އޭނާ އަތުގައި ބޮމެއް ކަހަލަ އެއްޗަކާއި، ގޮވާ ޒާތުގެ ތަކެތި ހަރުކޮށްފައިހުރި ވެސްޓެއް އޮތްކަމަށް ބުނެއެވެ.

މިހަމަލާގެ އިންޒާރާ ގުޅިގެން ޕެރިހުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް ސަރަހައްދު ފުލުހުން ވަނީ ބަންދުވެސްކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން މިހަމަލާގެ އިންޒާރަކީ އީރާނާއި އިސްރާއީލާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުމާއި ގުޅުން ހުރި އިންޒާރެއް ކަމަށް އަދި ޔަގީން ނުވެއެވެ.

އިރާނާ އިސްރާއިލާ ދެމެދު މިފަހުން ހަމަލާތަކެއް ފެށުނީ ސީރިއާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް އިސްރާއިލުން ހަމަލާދީ އެތަން ހަލާކުކޮށްލައި އިރާނުގެ ބަޔަކު ޝަހީދުކޮށްލުމުން ނެވެ. މިހަމަލާގެ ރައްދުގައި އިރާނުން މިދިޔަ އާދިއްތަ ދުވަހު ވަނީ އެތައް ސަތޭކަ ޑްރޯންއާއި މިސައިލުން އިސްރާއިލަށް ހަމަލާދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން