ނ. މާފަރުގެ ބައެއްގެ ގޮތުގައި ފަރުމުއްޔާއި ކަޑިންމަހުރާ ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން 2020 އޮކްޓޫބަރު 14 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ރިޔާސީ ޤަރާރު އިސްލާހު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން އެ ޤަރާރަށް އިސްލާހު ގެނެސް މާފަރުގެ ބައެއްގެ ގޮތުގައި ފަރުމުއްޔާއި ކަޑިންމަހުރާ ވަނީ ކަނޑައަޅާފައެވެ.

އޭގެއިތުރުން އއ. ވެލިދޫދިއްގާފަޅަކީ ބޮޑުފުޅަދޫގެ ބައެއްގެ ގޮތުގައިވެސް ހަމަޖައްސާފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ކެމްޕޭނުގައި މާފަރަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މާފަރުގެ އިޚްތިޞާސްގެ ތެރޭގައި ފަރުމާލި އާއި ކަޑިންމާހުރާ ހިމަނުއްވައިދެއްވާނެ ކަމަށެވެ.

ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާ ގޮތަށް ކައިރީ ފަޅު ރަށްތައް ކައުންސިލްތަކަށް ދޫކުރަމުން ގެންދާނެ ކަމަށް ދާދި ފަހުން ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން