ތުރުކީގައި ކޭބަލް ކާރެއް އެކްސިޑެންޓްވެ، އޭގައި ދަތުރުކުރި އެކަކު މަރުވެ 7 މީހަކަށް އަނިޔާވެއްޖެއެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ ކޭބަލް ކާރު ގޮސް ދަނގަޑެއްގައި ޖެހި އޭގެ ދޮރު ހުޅުވިގެންނެވެ. މި އެކްސިޑެންޓުގައި މަރުވެފައި ވަނީ ތުރުކީގެ 54 އަހަރުގެ ފިރިހެނެކެވެ. އަނިޔާވި މީހުންގެ ތެރޭގައި ތުރުކީގެ 6 މީހަކާއި ކިރިގިސްތާނުގެ މީހެއް ހިމެނެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ތުރުކީގެ އަނަޓަލްޔާގެ ޓުނެކްޓެޕްގައެވެ.

މި އެކްސިޑެންޓް ހިނގުމާއި ގުޅިގެން ކޭބަލް ކާރުތަކުގެ ޚިދުމަތް ހުއްޓި 184 މީހުން ވަނީ 25 ކޭބަލް ކާރު ތެރޭގައި ތާށިވެފައެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލަން އަނަޓަލްޔާގެ ޗީފް ޕްރޮސެކިއުޓަރ ގެ އޮފީހުން ވަނީ ކޮމިޓީއެއް އެކުލަވާލާފައެވެ. މި ކޮމިޓީގައި މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖިނިއަރުންނާއި ހެލްތް އެންޑް ސޭޕްޓީގެ މާހިރުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން