އިސްރާއިލުން ހަަމަލާދީ ހަމާސްގެ އިސްވެރިޔާ އިސްމާއިލް ހަނިއްޔާގެ ތިން ފިރިހެން ދަރިން ޝަހީދުކޮށްލައިފި އެވެ.

ޝަހީދުކޮށްލީ ހާޒިމް، އާމިރު އަދި މުހައްމަދު އެވެ.

އެ ތިން ދަރިން ޝަހީދުކޮށްލީ ޣައްޒާގެ އުތުރުގައި އުޅެނިކޮށް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ހަނިއްޔާގެ ތިން ފިރިހެން ކުދިންގެ އިތުރުން ކާފަ ކިޔާ ދަރިންތަކެއް ވެސް އިއްޔެ ވަނީ ޝަހީދުކޮށްލައިފަ އެވެ.

އެ ދަރިން ޝަހީދުކޮށްލިކަން ހަމާސްއާ ގުޅުން އޮންނަ އަލް-އަގްސާ ޓީވީ އަދި ޙަނިއްޔާގެ އާއިލާގެ ބޭފުޅުންވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

ހަނިއްޔާގެ ތިން ދަރިން ޝަހީދުކޮށްލިއިރު އޭނާ ގަތަރުގައި ދިރިއުޅުއްވަމުން ގެންދަވާތާ އަހަރުތަކެއް ވަނީ ވެފަ އެވެ.

ހަނިއްޔާގެ ދަރިން ޝަހީދުކޮށްލުމާ ގުޅިގެން ހަމާސްއަށް މަދަދުވެރިވާ ޖަމާއަތްތަކުން ދަނީ ތައުޒިޔާ ކިޔަމުން ނެވެ.

އިސްރާއިލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއާ ދެމެދު ހިނގި ކުރިމަތިލުމަށް ފަހު އެވެ. އޭގެ ފަހުން އިސްރާއިލުން ދަނީ ދުނިޔޭގެ ތާރީހުވެސް ނުދެކޭފަދަ މިންވަރަކަށް ޣައްޒާގެ ކުށެއްނެތް ކުޑަކުދިންނާއި އަންހެނުންނާއި އާންމުން ޝަހީދުކޮށް ޣައްޒާ ބަނޑަށް ޖައްސަމުންނެވެ.

އިސްރާއިލުން ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު މިހާރު ވަނީ 33،000އިން މައްޗަށް އަރައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން