އިންޑިއާގެ އަންދްރަ ޕްރަދޭޝްގައި ހަމުގެ ކުލަ ކަޅުވުމުންކަމަށް ބުނެ 18 މަހުގެ ތުއްތު ކުއްޖެއް މަރާލާއިފިއެވެ. މިމައްސަލައިގައި ތުއްތު ކުއްޖާ މަރާލި އެ ތުއްތު ކުއްޖާގެ ބައްޕަ ކަމަށް އެ ކުއްޖާގެ މަންމަ ތުހުމަތުކުރެއެވެ.

ރިޕޯޓުތަށް ބުނާ ގޮތުން، އަކްޝަޔާ ނަމަކަށް ކިޔާ މި ކުއްޖާ ނޭފަތުން ލޭ އައިސް ހޭނެތިފައި އޮއްވާ ފެނިފައިވަނީ މާރޗް 31 ގައެވެ. އަދި ހޮސްޕިޓަލަށް ކުއްޖާ ގެންދިޔައިރުވެސް ކުއްޖާ މަރުވެފައިވާކަމަށް ޑޮކްޓަރުން ވަނީ ނިންމާފައެވެ. މިހާދިސާގައި ޑޮކްޓަރުންނާއި ހަވާލާދީ ކަމަށް ބުނެ އަކްޝަޔާގެ ބައްޕަ މަހޭޝް ވަނީ އެނާގެ އަންހެނުން ޝްރަވާނީ ކައިރީގައި ދަރިފުޅު މަރުވެފައި ވަނީ ފިޓު ޖެހިގެން ކަމަށް ބުނެފައެވެ. ނަމަވެސް ދަރިފުޅުގެ ހަށިގަނޑު އަވަސް އަވަހަށް ވަޅުލުމުން ކުއްޖާގެ ބައްޕައަށް ޝައްކުތަކެއް އުފެދި، ކުއްޖާގެ މަންމަ ވަނީ އެ ސަރަހައްދުގެ ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށައަޅާފައެވެ.

ފުލުހުންނަށް މައްސަލަ ހުށައަޅާފައި ދިން ބަޔާނުގައި ކުއްޖާގެ މަންމަ ބުނެފައިވަނީ، ތުއްތު ކުއްޖާގެ ހަމުގެ ކުލަ ކަޅުވުމުގެ ސަަބަބުން މީގެ ކުރިންވެސް ކުއްޖާ މަރާލަންވެގެން އެ ތުއްތު ކުއްޖާގެ ބައްޕަ މަސައްކަތް ކޮށްފައިވާކަމަށެވެ. އެގޮތުން އެ ކުއްޖާ ފާރެއްގަ ޖަހާ، ކޮޓަރިއަކަށް ލާ ތަޅުލާ އަދި ކުއްޖާ ގަންބާލާއިގެން މަރާލުމަށްވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ ތުއްތު ކުއްޖާ މަރާލައިފައިވަނީ ވިހައެއް ދީގެން ކަމަށް އެތުއްތު ކުއްޖާގެ މަންމަ ތުހުމަތު ކުރެއެވެ.

އަންދްރާ ޕްރަދޭޝްގެ ފުލުހުން އަދި ޗައިލްޑް ރައިޓްސް ކޮމިޝަން އިން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ކުއްޖާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިހާރު ކޮނެގެން ނަގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން