އިސްރާއީލުން ސިރިޔާގައި ހުންނަ އިރާންގެ އެމްބަސީއަށް ހަމަލާދޭން އެމެރިކާއިން ހުއްދަދިން ކަމަށް އިރާންގެ ފޮރިން މިނިސްޓަރ ހޮސެއިން އާމިރައަބްދޮލްހައިން ތުހުމަތު ކުރަށްވައިފިއެވެ.

މިހެން ބުނެފައިވަނީ ސީރިޔާގައި އާ ކޮންސިއުލާރ އިމާރާތެއް ހުޅުވުމަށްފަަހުއެވެ.

"ދިމިޝްޤުގައި ހުރެ ބުނަން ބޭނުންވަނީ، އެމެރިކާއިން މިހަމަލާއަށް ޒިންމާ ނަގަން ޖެހޭ" އާމިރައަބްދޮލްހައިން ވިދާޅުވިއެވެ.

ސީރިޔާއަށް ކުރައްވާ ޒިޔާރަތުގައި އާމިރައަބްދޮލްހައިން ވަނީ ސީރިޔާގެ ރައީސް ބައްޝާރުލް އައްސަދު އާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުން ތަކުގައި ވަނީ ޣައްޒާ އަދި މެދުއިރުމަތީގައި ހިނގަމުން އަންނަ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކޮއްފައެވެ.

އެމެރިކާއިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އެމެރިކާގެ ޕެންޓަގޮންގެ ތަރުޖަމާނު ސަބްރީނާ ސިންގް ވިދާޅުވީ އެމެރިކާއަށް މިހަމަލާ ދޭން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެމެރިކާއިން ބެލި ބެލުމުގައި މިއީ އިސްރާއީލުން ދިން ހަމަލާއެއް ކަމަށްވެސް ސަބްރީނާ ވިދާޅުވިއެވެ. އިސްރާއީލުން، މިހަމަލާއާއި ގުޅޭގޮތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އިސްރާއީލުން އެއްވެސް އިރެއްގައި އީރާންއަށްދޭ ހަމަލާތަކާއި ގުޅޭގޮތުން ބަހެއް ނުބުނެއެވެ.

އީރާންގެ ކޮންސިއުލާރ އިމާރާތަށް ދިން ހަމަލާގައި ވަނީ އީރާންގެ ރިވޮލޫޝަނަރީ ގާރޑް ކޯރޕްސްގެ 7 މީހަކު މަރުވެފައެވެ. މީގެ ތެރެއިން 2 މީހުންނަކީ ޖެނެރަލުންނެވެ. އީރާނުންވަނީ މި ހަމަލާގެ ބަދަލު ހިފާނެކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން