ސްވީޑަންގައި ގުރުއާން އެންދި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އިރާގަށް ނިސްބަތްވާ ސަލްވާން މޮމިކާ ސްވީޑަންގައި ގުރުއާން އެންދީ މިދިޔަ އަހަރު ބޮޑު އީދު ދުވަހު އެވެ. އޭނާ ގުރުއާން އެންދީ ސްވީޑަންގެ ފުލުހުންގެ ހުއްދަ ވެސް ނަގައިގެން ނެވެ.

އެ މައްސަލަައިގައި ސްވީޑަންއާ އިސްލާމީ ގައުމުތަކާ ވަރަށް ބޮޑަށް ގުޅުންވެސް ގޯސްވި އެވެ.

އޭގެ ފަހުން ކުރިމަތިވި ފިއްތުންތަކާހުރެ ސްވީޑަންގެ ސަރުކާރުން ސަލްވާންގެ ރެޒިޑެންޓް ޕާމިޓްވެސް ބާތިލުކުރި އެވެ. ނަމަވެސް އޭނާ އަނބުރާ އިރާގަށް ފޮނުވާލަން ޑީޕޯޓްކޮށްފިނަމަ ސަލްވާންއަށް ހަރުކަށި އަދަބު ދޭނެތީ ސްވީޑަންއިން އޭނާ ފޮނުުވައެއް ނުލިއެވެެ.'

އެހެންވެ މިދިޔަ ހޮނިހިރު ދުވަހު ސަލްވާން ވަނީ ނޯޥޭއިން ހިމާޔަތް ހޯދައި އެ ގައުމަށް ބަދަލުވެފަ އެވެ. ސަލްވާން ބުނި ގޮތުގައި ކޮންމެ ތާކު ހުރި ނަމަވެސް އޭނާ އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރާނެ އެވެ. އިސްރާއިލުން ފަލަސްތީނުގެ އެތައް ހާސް ކުށެއް ނެތް މީހުން މަރަމުންދާ އިރު ސަލްވާން ވަނީ އިސްރާއިލަށް ވެސް ތާއިދުކޮށްފަ އެވެ.

ނަމަވެސް އޭނާ ނޯވޭއަށް ދިޔަތާ ހަފްތާއެއް ނުވަނީސް ވަނީ މަރުވެފައި އޮއްވާ ފެނިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން