ސްރީލަންކާގެ މުސްލިމް ޖަމިއްޔާ އަކުން އިސްނަގައިގެން އެކި ދީން ތަކުގެ 1500 ދަރިވަރުން އަދި އެކުދިންގެ ބެލެނިވެރިންނާ އެކު ރޯދަ ވީއްލުމެއް ކުރިއަށްގެންގޮސްފިއެވެ.

މި ރޯދަ ވީއްލުން އިންތިޒާމް ކޮށްފައިވަނީ ސްރީލަންކާ މުސްލިމް ސިވިލް ސޮސައިޓީ އިން އިސްނަގައިންނެވެ.

މިހާއްސަ ރޯދަ ވީއްލުމާއި ބެހޭގޮތުން ވާހަަކަ ދައްކަވަމުން، "ސްރީލަންކާ އަކީ ގިނަ ދީންތަކާއި ގިނަ ނަސްލުތަކަކަށް ނިސްބަތް ވާ ބަޔަކު ދިރިއުޅޭ ގައުމަކަށް ވުމުން އަޅުގަނޑުމެން ބޭނުންވީ ރޯދަ ހިފުމާއި އެކުގައި ރޯދަ ވީއްލުމުގެ ފައިދާތައް، އެހެން ދީންތަކުގެ މީހުންނާ ހިއްސާ ކުރަން. އަދި އެހެން ދީންތަކުގެ މީހުންނާއި އެކި ނަސްލުތަކަށް ނިސްބަތްވާ މީހުންނާއި ގުޅުން ބަދަހި ކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް" ކަމަށް ސްރީލަންކާ މުސްލިމް ސިވިލް ސޮސައިޓީގެ ޗެއާރޕާރސަން ސިއްދީ ފާރޫކް ވިދާޅުވިއެވެ.

މި ރޯދަ ވީއްލުމުގައި ބައިވެރިވި ބުދިސްޓެއް ކަމަށްވާ ގަލްކަންޑޭ ދައްމަނަންދަ ތިއޯ ބުނީ މި ފަދަ ހަރަކާތްކަތުން އެކަކު އަނެކަކު ދެނެގަނެ، ކޮންމެ ދީނެއްގައި ވެސް އަމަލު ކުރާ ގޮތް އަނެކާއަށް ހިއްސާކުރާތަން ފެނި، އެކި ޖަމާއަތްތަކުގެ މީހުންގެ އެކުވެރިކަން ފެނުމަކީ ވަރަށް އުފާވެރިވި މަންޒަރެއްކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ސްރީލަންކާގެ އާބާދީގެ ނިސްބަތުން ސްރީލަންކާގައި ގިނައީ ބުދިސްޓުންނެވެ. ސްރީލަންކާގެ 22 މިލިޔަން ގެ އާބާދީގެ ތެރެއިން 10 އިންސައްތަ އަކީ މުސްލިމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން