އިސްރާއީލުން ޣައްޒާގެ އަލް އަގްސާ ހޮސްޕިޓަލަށް ވައިގެ މަގުން ބޮމުގެ ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާއާއި އެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ، އިސްރާއީލުން ދިން ހަމަލާ އަމާޒުވެފައި ވަނީ އަލް އަގްސާ ހޮސްޕިޓަލުގެ ގޯތި ތެރޭގައި ހުރި ޓެންޓުތަކަކަށް ކަމަށެވެ. އަދި މި ހަމަލާގައި 17 މީހަކަށް އަނިޔާވެ 4 މީހުން ޝަހީދުވެފައިވާ ކަމަށް ޑަބްލިޔު.އެޗް.އޯ އިން ހާމަކޮށްފައިވެއެވެ.

މިހަމަލާ އާއި ގުޅިގެން ޑަބްލިޔު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނަމް ވަނީ އދ ގެ ސެކިއުރިޓީ ކައުންސިލްގެ ގަރާރާ އެއް ގޮތަށް ހަނގުރާމަ މެދު ކަނޑާލުމަށްވެސް ގޮވާލާފައެވެ.

ރިޕޯޓުތައް ބުނާގޮތުން މިދިޔަ އަހަރު އިސްރާއީލުން ދެމުންއައި ހަމަލާތައް ވަރުގަދަ ކުރުމުގެ ކުރިން ޣައްޒާގައި 36 ހޮސްޕިޓަލުން ސިއްހީ ޚިދުމަތް ދެމުންދިޔައެވެ. ނަމަވެސް މިހާރު އޭގެ ތެރެއިން ހިދުމަތް ދެމުންދަނީ 10 ހޮސްޕިޓަަލުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 32000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތަކެއް ހޮސްޕިޓަލްތަކަކަށް މިހަމަލާތައް އަމާޒުކޮށްފައިވާއިރު، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ދަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން