މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ސަރުކާރުގެ ކުންފުނިތަކާ އެ ނޫންވެސް މަގާމުތަކުގައި ތިބި ހާހެއްހާ މުވައްޒަފުން މަގާމުން ވަކިކޮށްފައިވާކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިއްދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާ ޢަބްދުﷲ ވަހީދުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ރޭ ވިދާޅުވީ، މި ސަރުކާރަށް ތާއީދު ނެތްކަން އެނގުމުން މިހާރު ކުރާކަމަކީ ބިރު ދެއްކުންކަމަށެވެ.

އެގޮތުން، ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް ހާއްސަކޮށް ވަޒީފާގެ ބިރު ދައްކަމުންދާކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުންފުނިތަކުގެ މުވައްޒަފުން އެމްޑީޕީގައި ތިބިނަމަ އެމީހުން އެ ޕާޓީން ވަކިވުމަށް ލަދެއް ނެތި ސަރުކާރުން އަންގަމުންދާކަމަށެވެ.

"އެތައް ބަޔަކަށް ހަމަ ލަދެއްހަޔާތެއް ނެތި އެބަބުނޭ އެމްޑީޕީން ވަކިވާށޭ އެހެންނޫނީ ވަޒީފާއަކު ނުބަހައްޓާނަމޭ، އެ ހިސާބަށް މިކަންތައް ގޮސްފި." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ކުރީ ސަރުކާރުގައި ވަޒީފާތަކުން މީހުން ވަކިކޮށްގެން އެއްވެސް ޝަކުވާއެއް އައިސްފައިނުވާނެ ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުން އޭރު އެންމެގިނައިން ކުރާ ޝަކުވާއަކީ މަގާމުތަކުގައި ޕީޕީއެމްގެ އިސްމީހުން ތިބިކަމުގެ ޝަކުވާކަމަށާއި ނަމަވެސް މަގާމުތަކުން މީހުން ވަކިކޮށްފައި ނުވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ ވަނީ އާރްޑީސީގެ ކޮރަޕްޝަންގެ މައްސަލައާއި ގުޅިގެން އޭނާ ފުލުހަށް ހާޒިރުކުރީ ވެސް ސިޔާސީ ބޭނުމެއްގައިކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ބާކީ ކޮށްލި ސޮރު.)(ދާއުސަ މެން)

08-Apr-2024

ހަޖަމު ނުވިޔަސް ފައްޔާޒް ތިދެން ބޮޑުވަރު.



ޓްރެންޑިން