ރަޝިޔާގެ ވެރި ރަށް މޮސްކޯއަށް ދިން ނިރުބަވެރި ހަމަލާގެ ބަދަލު ހިފާނެ ކަމަށް ރަޝިޔާގެ ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ.

މި ހަމަލާ ދީފައިވަނީ މިއުޒިކް ޝޯ އެއް ކުރިއަށްދިޔަ މޮސްކޯގެ ކޮންސެޓް ހޯލަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، އާންމުންގެ ތެރެއަށް ބަޑީގެ ހަމަލާތަކެއް ދިނުމަށްފަހު ކޮންސެޓް ހޯލުގައި ހުޅުޖަހާފައެވެ. މިހާދިސާއާއި ގުޅިގެން ރަޝިޔާގެ އިންވެސްޓިގޭޓިވް އޭޖެންސީއިން ބުނާގޮތުން މިހާތަނަށް 115 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި ވެއްޓިފައިވާ އިމާރާތުގެ އަޑިން އިތުރު ހަށިގަނޑުތަށް ފެނުން އެކަށީގެންވާ ކަމަށެވެ.

މި ހަމަލާއާއި ގުޅޭގޮތުން ޓީވީގައި ދެއްވި ހިތޯބެއްގައި ޕޫޓިން ވިދާޅުވީ ހަމަލާދިން 4 ނިރުބަވެރިން ވަނީ ޔޫކްރޭއިންގެ ބޯޑަރު ކައިރިން ހައްޔަރުކޮށްފައިވާކަމަށެވެ. އަދި ހަމަލާދިން މީހުންނަށް ހައްގު އަދަބު ދީ ބަދަލު ހިފާނެ ކަމަށެވެ.

މިހަމަލާ އާއި ގުޅިގެން ހަރުކަށި ފިކުރުގެ ޖަމައަތެއްކަމަށްވާ އައިސިސް އިންވަނީ މި ހަމަލާގެ ޒިންމާ ނަގާފައެވެ. އެ ޖަމާއަތުން ހިންގާ ޓެލެގްރާމް ޗެނެލްގައި ހާމަކޮށްފައިވާގޮތުން މި ހަމަލާއަކީ އިސްލާމް ދީނާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ގައުމުތަކަށްދޭ ހަމަލާތަކުގެ ފެށުންކަމަށް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން