ޣައްޒާ ހަނގުރާމަ ހަނގުރާމަ ހުއްޓާލުމަށް އދ ގެ ސެކިއުރިޓީ ކައުންސިލަށް ހުށައެޅި ގަރާރަށް ވޯޓަށް އެހުން ހޯމަ ދުވަހަށް ފަސްކޮށްފިއެވެ.

މި ގަރާރަށް ވޯޓަށް އެހުން ފަސްކުރީ އިތުރަށް ކުރަންޖެހޭ ޑިޕްލޮމެޓިކް މަޝްވަރާތަށް ހުރިކަމަށް ބުނެއެވެ. އދ ގެ ސެކިއުރިޓީ ކައުންސިލަށް މި ގަރާރު ހުށައަޅާފައިވަނީ އަރަބި ގައުމުތަކުންނެވެ. މި ގަރާރަށް ސެކިއުރިޓީ ކައުންސިލްގެ މެންބަރު ނޫން 10 ގައުމުގެ ތެރެއިން 8 ގައުމަކުން ތާއީދުކުރެއެވެ. ފަލަސްތީނުން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޔާދު މަަންސޫރް ވިދާޅުވީ އަރަބި ގްރޫޕްއިން އެ ގަރާރަށް ތާއީދު ކޮށް އެންޑޯސް ކުރާކަމަށެވެ.

ހުކުރު ދުވަހު، އެމެރިކާއިން ހުށައެޅި ހަނގުރާމަ ހުއްޓާލުމުގެ ގަރާރު ވަނީ ރަޝިޔާ އަދި ޗައިނާ ވެގެން ވީޓޯ ކޮށްލާފައެވެ. ރަޝިޔާ އަދި ޗައިނާއިން ވަނީ އެ ގަރާރުގައި ބަސްމަގު ބޭނުންކޮށްފައި ހުރީ ވަކި ކޮޅަކަށް ޖެހޭ ގޮތަކަށް ކަމަށް ތުހުމަތު ކޮށްފައެވެ. ޗައިނާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގ ޖުން ވިދާޅުވީ އެމެރިކާއިން ހަނގުރާމަ ހުއްޓާލަން ބޭނުންނަމަ، އަރަބި ގައުމުތަކުން ހުށައަޅާފައިވާ ގަރާރަށް ވޯޓު ދޭނެކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 31000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން