އިނގިރޭސިވިލާތުގެ ޕްރިންސަން ކެތަރިން, ޕްރިންސް ވިލިއަމް އާއެކު.
އިނގިރޭސިވިލާތުގެ ޕްރިންސަން ކެތަރިން, ޕްރިންސް ވިލިއަމް އާއެކު.
އިނގިރޭސިވިލާތުގެ ޕްރިންސަން ކެތަރިން ކެންސަރުގެ އާލާސްކަންފުޅު ޖެހިވަޑައިގެން ފަރުވާ ހޯއްދަވަމުންދާކަން ހާމަކޮށްފިއެވެ.

ހުކުރު ދުވަހު އާންމުކޮށްފައިވާ ވީޑިއޯ އެއްގައި، މިކަން ހާމަކޮށްދެއްވާ ކެތަރިން ވިދާޅުވީ، ކެތަރިންގެ ހާލު ރަނގަޅުކަމަށާއި، ދުވަހެއް ދުވަހަކުން ގައިގައި ވަރުޖެހެމުންދާކަމަށެވެ.

42 އަހަރުގެ ޕްރިންސަސް ކެތަރިންގެ މި ވީޑިއޯ އާންމުކޮށްފައިވަނީ ކެތަރިންގެ ހަބަރެއް ނުވެގެން އެކި ކަހަލަ ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރެނިކޮށެވެ. ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ވާހަކަ ތަކުގައި ބައެއް މީހުންވަނީ ޕްރިންސް ވިލިއަމް އަދި ޕްރިންސަސް ކެތަރިންގެ ކައިވެނި ރޫޅި، މިކަން ސިއްރު ކުރަމުންދާކަމަށްވެސް ލަފާކޮށްފައެވެ.

ޕްރިންސަސް ކެތަރިންގެ ހަބަރެއް އެންމެ ފަހުން އާންމުންނަށް ލިބިފައިވަނީ މިދިޔަ ޖެނުއަރީ މަހު، ބަނޑުގެ އޮޕަރޭޝަނެއް ކުރި ހަބަރެވެ. އޭގެ ފަހުން ހުކުރު ދުވަހު އާންމު ކުރި ވީޑިއޯގައި ޑިސެމްބަރު މަހު ކުރި ބަނޑުގެ އޮޕަރޭޝަނުން ކެންސަރުގެ އާލާސްކަންފުޅު ޖެހިވަޑައިގެންފައިވާ ކަން އެނގިވަޑައިގަތުމާއެކު، ސިއްހީ މާހިރުންގެ ލަފާއާއެކު ކީމޯ ތެރަޕީގެ ފަރުވާ ހޯއްދަވަމުންދާކަމަށް ޕްރިންސަސް ކެތަރިން ހާމަކުރެއްވިއެވެ.



ޕްރިންސަސް ކެތަރިންގެ އިތުރުން އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސްއަށް ކެންސަރުގެ އާލާސްކަންފުޅު ޖެހިވަޑައިގެންފައިވާ ކަމަށާއި، އެ ބައްޔަށް ފަރުވާ ހޯއްދަވަން ފައްޓަވާފައިކަން ބަކިންހަމް ޕެލަސް އިން ހުސްވިމަހުގެ ކުރީކޮޅު ވަނީ އިއުލާންކޮށްފައެވެ. ރިޔާސީ ގަނޑުވަރުން ބުނީ ރަސްގެފާނަށް ކެންސަރު ޖެހިވަޑައިގެންފައިވާކަން އެނގިވަޑައިގަތީ ޕްރޮސްޓޭޓް އެންލާޖްމަންޓުގެ ފަރުވާއަކަށް ޑޮކްޓަރަށް ދެއްކެވުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން