އީސީގެ އެސްޖީ ޙަސަން ޒަކަރިއްޔާ (މ)
އީސީގެ އެސްޖީ ޙަސަން ޒަކަރިއްޔާ (މ)
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ޕީއެންއެފްގެ ލޯގޯ ޖެހުމުގެ ފުރުސަތު ދެން ނުލިބޭނެ ކަމަށް އީސީން ހާމަކޮށްފިއެވެ.

އީސީން ބުނީ އަންނަ މަހު 21 ގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ކުރީގެ ރައީސް ޔާމީންގެ ތާއީދާއެކު ވާދަކުރާ ސާޅީހަކަށް ކެންޑިޑޭޓުންގެ ނަމާ ދިމާގައި ޕީއެންއެފް ލޯގޯ ޖަހައިދޭން އެދުނު ނަމަވެސް އެކަން މިފަހަރު ކުރެވެން ނެތް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް، ހަސަން ޒަކަރިއްޔާ ވިދާޅުވީ ޕީއެންއެފްގެ ލޯގޯ ވޯޓުކަރުދާހުގައި މިފަހަރު ޖެހެންނެތީ މިހާރު ވޯޓު ކަރުދާސްތައް ޕްރިންޓު ކުރުމުގެ މަސައްކަތް ފަށާފައިވާތީ ކަމަށެވެ.

“މިފަހަރު އެކަން އަޅުގަނޑުމެންނަށް ކޮށްދެވޭކަށް ނެތް،” ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

އީސީން ނިންމާފައިވަނީ އަމިއްލަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި އެއްވެސް ނިޝާނެއް ނުޖެހުމަށެވެ. އަދި ލޯގޯގެ ބަދަލުގައި ކޮންމެ ކެންޑިޑޭޓެއްގެ ފޮޓޯ ޖަހައިދިނުމަށް އީސީން ވަނީ ނިންމާފައެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންއެފް ރެޖިސްޓަރީ ކުރުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް ރަސްމީކޮށް ޕާޓީއެއްގެ ގޮތުގައި އެޕާޓީ ރަޖިސްޓްރީ ކޮށްފައެއްނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން