16 މަހުގެ ތުއްތު ޖެއިލީން އެކަނި ގޭތެރެއަށް ދޫކޮށްލާފައި 10 ދުވަހުގެ ޗުއްޓީއަކަށް ދިޔަ ކްރިސްޓެލް ކެންޑެލާރިއޯ.
16 މަހުގެ ތުއްތު ޖެއިލީން އެކަނި ގޭތެރެއަށް ދޫކޮށްލާފައި 10 ދުވަހުގެ ޗުއްޓީއަކަށް ދިޔަ ކްރިސްޓެލް ކެންޑެލާރިއޯ.
16 މަހުގެ ތުއްތު ކުއްޖެއް އެކަނި ގޭތެރެއަށް ދޫކޮށްލާފައި 10 ދުވަހުގެ ޗުއްޓީއަކަށް ދިޔަ މަންމަ އަކު އުމުރު ދުވަހަށް ޖަލަށްލައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ އެމެރިކާގެ ކްލީވްލޭންޑުގައެވެ.

މިހާދިސާގައި ޖެއިލީން ނަމަކަށް ކިޔާ މި ތުއްތު ކުއްޖާ މަރަށް ތެޅި ރުއިމުގެ އަޑުން ގޭތެރެ ގުގުމަމުން ދިޔައިރު، އޭނާގެ މަންމަ ކްރިސްޓެލް ކެންޑެލާރިއޯ ހުރީ 10 ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމަށް ޕުއާޓާރިކޯގައެވެ. ރިޕޯޓުތައް ބުނާގޮތުން، ތުއްތު ކުއްޖާގެ މަންމަ ޗުއްޓީއަށް ފުރީ ޕްލޭޕެންގައި އެތުއްތު ކުއްޖާ އާއެކު ދެތިން ކިރު ފުޅި ބެހެއްޓުމަށްފަހުއެވެ.

ތުއްތު ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ ޗުއްޓީ ނިންމުމަށްފަހު ކްރިސްޓަލް އަނބުރާ ގެއަށް އައުމުން ކްރިސްޓަލް އަށެވެ. އަދި ދަރިފުޅުގެ ހާލަތު ފެނުމާއެކު، ކްރިސްޓަލް އަވަހަށް އެމަރޖެންސީ ނަންބަރަށް ގުޅައި އެހީ ހޯދައި، ދަރިމަރުވަނީ ކަމަށް ބުނިކަމަށްވެއެވެ. ނަމަވެސް ފުލުހުންނާއި އެމްބިއުލަންސް އެގެއަށް ދިޔައިރު ކުއްޖާގެ ހެދުން ބަދަލުކޮށްފައިވާކަމަށް މިމައްސަލަ ހިނގި ކޯޓުގައި ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ ތުއްތު ކުއްޖާގެ ހެދުން ބަދަލު ކުރިނަމަވެސް ތުއްތު ކުއްޖާ އޮތީ އެކުއްޖާގެ ކުޑަ ކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެތި ތަކުގެ ތެރޭގައިކަން އިނގެން ހުރި ކަމަށެވެ.

އެތުއްތު ކުއްޖާ ފެނުނު އިރު ޑީހައިޑްރޭޓްވެ، ހިކި އަނަރޫފަވެ، ދެލޯވެސް ވަޅުވަދެ އަދި އަނގަތެރެއާއި ތުންފަތް އެއްކޮށް ހިކިވެފައިވާކަމަށް މިހާދިސާއަށް އެޓެންޑުވާން ދިޔަ ފުލުހުން ބުނެފައިވެއެވެ. އަދި ނިޔަފަތި ތަކުގައި އެކުއްޖާގެ ބޮޑުކަމުދާ ތަކެތި ހުރިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.



ކޯޓުގައި ފުލުހުންގެ ރިޕޯޓު އާންމުކޮށްދިނުމަށްފަހު، މިއަށްވުރެއް ރަނގަޅަށް ޖަނަވާރުންވެސް އެއެއްޗެހީގެ ދަރިން ބަލާނެކަމަށް ވަކީލުން ބުނެފައިވެއެވެ.

މިހާދިސާ އާއި ގުޅިގެން 16 މަހުގެ ތުއްތު ކުއްޖާ އެކަނި ގޭތެރެއަށް ދޫކޮށްލާފައި ދިޔަ މަންމަ ކްރިސްޓެލް ކެންޑެލާރިއޯ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ކުޑަކުއްޖަކު ނުރައްކަލަކަށް ހުށައެޅުމުގެ ދައުވާއަށް އިއުތިރާޒުވެފައެވެ. އަދި އޭނާ އެކަން ކުރީ ކުއްޖާ ދެކެ ވަކި ރުޅި އައިސްގެން ނޫންކަމަށާއި، ޗުއްޓީ އަށް ދާހިތުން ދިޔައީކަމަށް ތަހުގީގު މަރުހަލާއިން ހާމަވެފައިވެއެވެ. މިއީ ކްރިސްޓެލް އޭނާގެ އަމިއްލަ ދަރި އެކަނި ދޫކޮށްލާފައި ގެއިން ބޭރުގައި އުޅުނު ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ތަހުގީގު ރިޕޯޓު ބުނާގޮތުން އޭނާ ވަނީ 10 ދުވަހުގެ ޗުއްޓީއަށް ދިއުމުގެ ކުރިން ދެދުވަހަށް ތުއްތު ކުއްޖާ ގޭގައި އެކަނި ބެހެއްޓުމަށްފަހު ގެއިން ބޭރުގައި އުޅެފައެވެ.

މިމައްސަލަ ބެލި ކޯޓުގެ ގާޒީ ވަނީ ދައުވާ ސާބިތު ވުމާއެކު ކްރިސްޓެލްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން