ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދަށް ވާނެ ކަމަށް ލަފާކުރެވުނު ޖަޕާން މިދިޔަ އަހަރު ޖަރުމަނަށް ވުރެ ދަށަށް ގޮސް ލިސްޓުގެ ހަތަރު ވަނަ އަށް އެގައުމު ވެއްޓިއްޖެ ކަމަށް މިއަދު ހާމަކޮށްފައިވާ ރަސްމީ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޖަޕާނުގެ އިގްތިސާދު ހީވެސް ނުކުރާހާ ބޮޑަށް ދަށްވެފައިވަނީ އެތެރޭގެ ކޮންސިއުމަންޓް ބަލިކަށިވެ، އެގައުމު އިގުތިސާދު ރިސެޝަނަށް ދިއުމާއެކު އެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރުގެ ޖަޕާނުގެ ޖުމްލަ ޑޮމެސްޓިކް ޕްރޮޑަކްޓް އިން 4.2 ޓްރިލިއަން ޑޮލަރު ލިބިފައިވާއިރު، ޖަރުމަނުގެ މިއަދަދު އުޅެނީ 4.5 ޓްރިލިއަން ޑޮލަރުގައެވެ.

މިމަގާމުތަކަށް އައި ބަދަލަކީ ޑޮލަރާ އަޅާބަލާއިރު ޖަޕާނުގެ ޔެންގެ އަގު، ބޮޑުތަނުން ދަށްވުމުގެ ނަތީޖާ ކަމަށް ބެލެވެއެވެ.



ޖަޕާނާއި ޖަރުމަނުގެ އިގްތިސާދު ވެސް ވަރަށް ބޮޑަށް ބަރޯސާވެފައިވަނީ އެކްސްޕޯޓަށް ނަމަވެސް، ޖަރުމަނުގެ އުފެއްދުންތެރިންނަށް ވަކިން ބޮޑަށް އަސަރުކޮށްފައި ވަނީ ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމާއެކު ހަކަތައިގެ އަގު ބޮޑުވުމާއި ގުޅިގެންނެވެ. ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމާއެކު ހަކަތައިގެ އަގުތަކަށް އައި ބަދަލުގެ އަސަރު ޔޫރަޕުގެ އެކި ގައުމުތަކުގެ އިގުތިސާދަށް ކުރާނެކަމަށްވެސް މި ތަފާސް ހިސާބުގައި ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން