އިސްރާއިލުގެ ސިފައިން ޣައްޒާގެ ބޭންކަކުން 54 މިލިއަން ޑޮލަރު ލޫޓުވާލައިފި އެވެ.

އެ ބޭންކުން ފައިސާ ލޫޓުވާލިކަން އިސްރާއިލުގެ ސިފައިންނާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ މާރިވްއިން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

އިސްރާއިލުގެ ސިފައިންގެ ތަރުޖަމާނާ ހަވާލީދީ އެ ނޫހުން ބުނީ އެ ފައިސާ ލޫޓުވީ ޣައްޒާގައި ވެރިކަން ކުރަމުންދާ ހަމާސް ޖަމާއަތަށް އެ ފައިސާތައް އެރިޔަ ނުދިނުމަށްޓަކައި ކަމަށެވެ.

އަދި މިއީ އިސްރާއިލުގެ ސަރުކާރުން އަންގައިގެން ކުރި ކަމެއް ކަމަށް ވެސް އިސްރާއިލުގެ ސިފައިން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފަލަސްތީނުގެ އޮތޯރިޓީން ވެސް އަދި ހަމާސް ޖަމާއަތުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.

ޣައްޒާގެ ބޭންކެއް ލޫޓުވާލިއިރު އިސްރާއިލުގެ ސިފައިން ޣައްޒާގެ އާންމުން ދިރިއުޅޭ ގެތަކަށް ވަނުމަށް ފަހު ވައްކަަން ކުރާ މައްސަލަތައް ވެސް ވަނީ ފެންމަތިވެފަ އެވެ.

އިސްރާއިލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށީ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ. އެ ހަނގުރާމައިގައި ޣައްޒާގެ އެތައް ހާސް އަންހެނުންނާއި ކުޑަކުދިން ޝަހީދުވެފައިވާ އިރު ޖުމްލަ ޝަހީދުވީ މީހުންގެ އަދަދު މިހާރު ވަނީ 28،000 މައްޗަށް އަރައިފަ އެވެ.

ނަމަވެސް އިސްރާއިލުން ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް ނިޝާނެއް މިހާތަނަކަށް ނުފެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޙަފީޒާ

17-Feb-2024

ކަލޭމެންނަށް ކޮންހައްޤެއް އޮންނާނީ ފަލަސްތީނު ރައްޔަތުން ބަނޑަށް ބާތިއްބާފަ އެފައިސާ ލޫޓުވަން އަދި ެބަބުނެއް ނޫން ތިމަންނަމެން ލޫޓުވާލާފީމޭ ފިރުއައުނާއި އޭނާގެ އަޢުވާނުންނަށް ވުރެވެސް ނުބައި ބައެއް ތީ ނުބައި ގޮތަކަށް އިސްރާއީލާއި އޭނާގެ ބައިވެރިންގެ ނިމުން ނުބައި ގޮތަކަށް ގެންދަވާދޭ!



ޓްރެންޑިން