އިރާންގެ ފޮރިން މިނިސްޓަރު ހުސެއިން އަމީން އަބްދުﷲހިއާން
އިރާންގެ ފޮރިން މިނިސްޓަރު ހުސެއިން އަމީން އަބްދުﷲހިއާން
ލުބްނާނާ ދެކޮޅަށް އިސްރާއިލުން ހަގީގީ ހަނގުރާމައެެއް ފަށައިފިނަމަ އިސްރާއިލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ދުވަސް ދާނެ ކަމަށް އިރާނުން ބުނެފި އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއިލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން އިސްރާއިލާ ލުބްނާނުގެ ހިޒްބުﷲ އާއި ދެމެދުވެސް ކޮންމެވެސް ވަރަކަށް ހަމަލާތައް ދަނީ ބަދަލުކުރަމުން ނެވެ. ނަމަބެސް ބޮޑު ހަނގުރާމައަކަށްދާ ވަރެއް ނުވެއެވެ.

އިރާންގެ ފޮރިން މިނިސްޓަރު ހުސެއިން އަމީން އަބްދުﷲ ހިއާން ވިދާޅުވީ ޔަހޫދީ ދައުލަތަށް އެއް ފަހަރާ ދެ ހަނގުރާމަ ކުރުމުގެ ގާބިލުކަމެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ޣައްޒާގައި އިސްރާއިލުން ދަނީ ބަލިވަމުން ކަމަށާއި ނަތަންޔާހޫ އުޅުއްވަނީ އެ ހަނގުރާމައިން ސަލާމަތްވާނެ ގޮތެއް ހޯދަން ކަމަށެވެ.

އިރާނުގެ ފޮރިން މިނިސްޓަރު މިހާރު ހުންނެވީ ވެސް ލުބްނާނުގަ އެވެ. އަދި އެ ދަތުރުފުޅުގައި ވަނީ ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ އަދި ހަމާސްގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފަ އެވެ.

އިރާނަކީ ހިޒްބުﷲ ޖަމާއަތަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމެެވެ. އަދި އިރާނުގެ މަދަދާއެކު ހިޒްބުﷲ އަކީ ހީވެސް ނުކުރާ ވަރުގެ ބާރަކަށް ވަނީ ވެފަ އެވެ.

މީގެ ކުރިން އިސްރާއިލުން 2006 ވަނަ އަހަރު ހިޒްބުﷲއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ހިޒްބުﷲއިން ވަނީ އިސްރާއިލު ލަދުގަންނަވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން