މޮބައިލް ފޯނުގެ ހިދުމަތް ނުލިބޭ ގޮތަށް ޕާކިސްތާނުގެ މަޖިލިސް އިންތިހާބު އިއްޔެ ބާއްވައިފި އެވެ،

ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓްރީން ބުނީ މޮބައިލް ފޯނުގެ ހިދުމަތް މެދުކަނޑާލަން ޖެހުނީ އެ ގައުމުގައި ފަހަކަށް އައިސް ދެމުންގެންދާ ހަމަލާތަކާ އެކު ހަމަޖެހުމާއި އަމަން އަމާންކަން ނެގެހެއްޓުމަށް ކަަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ފުލުހުން ޕެޓްރޯލް ކުރަމުން ދިޔަ ވެހިކަލަކަށް ހަމަލާ ދިންއިރު އިންތިހާބުގައި ވާދަކުރާ ދެ ކެނޑިޑޭޓެއްގެ އޮފީހުގައި ދިން ބޮމުގެ ހަމަލާއެއްގައި 28 މީހުން މަރުވި އެވެ.

ނަމަވެސް ޕާކިސްތާނުގެ ޑިޖިޓަލް ރައިޓްސް ގްރޫޕުން ބުނީ މޮބައިލްގެ ހިދުމަތް ކަނޑާލުމަކީ ޑިމޮކްރަސީއާ ހިލާފު ކަމެއް ކަމަށެވެ.

އަލްޖަޒީރާގެ ރިޕޯޓަރު އަސަދު ބައިގު ބުނީ އިންޓަނެޓް ކަނޑާލުުމުން އޮބްޒާވަރުންނަށް ވެސް އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށާއި އަދި އެހެން އޮބްޒާވަރުންނާ މުއާމަލާތް ކުރުމަށް ވެސް ދަތިވެފައިވާ ކަމަށެވެ.

ހަމަ އެހެންމެ އޭގެ ސަބަބުން ވޯޓުލާ މީހުންނަށް ވެސް އުނދަގޫވި ކަމަށް ބުންޏެވެ. އެއީ ޕާޓީތަކުގެ ކެންޑިޑޭޓުންގެ މައުލޫމާތުވެސް ގިނަ ފަރާތްތަކުން ހޯދަނީ އެޕްތަކާއި ވެބްސައިޓްތަކުން ކަމަށްވާތީ އެވެ. ހާއްސަކޮށް މީގެ ސަބަބުން ޖަލުގައި މިހާރު ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ޕާޓީގެ ސަޕޯޓަރުންނަށް ވޯޓު ލުމުގައި ދަތިވާނެ އެވެ.

މޮބައިލްގެ ހިދުމަތް މެދުކަނޑާލިއިރު ވޯޓު އޮޅުވާލުމަށް މަަސައްކަތް ކުރިކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން