ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް އަދި ސްޓްލޭޑީ ކިމް ކިޔޯން ހީ.
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް އަދި ސްޓްލޭޑީ ކިމް ކިޔޯން ހީ.
ދެކުނު ކޮރެއާގެ ފަސްޓްލޭޑީ ކިމް ކިޔޯން ހީގެ އަގުބޮޑު ދަބަހަކާ ހެދި ސަރުކާރާއި، ވެރިކަން ކުރާ، ޕީޕަލް ޕަވަރ ޕާޓީ ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ފަސްޓްލޭޑީ ކިމް ކިޔޯން ހީގެ އަގުބޮޑު ދަބަހުގެ މައްސަލަ ހޫނުވެގެން ދިޔައީ މިދިޔަ އަހަރުގެ ފަހުކޮޅު އާންމުކުރި ސްޕައި ކެމެރާ ވީޑިއޯ ފޫޓޭޖަކާއެކުއެވެ. އެވީޑިއޯގައި ޗަރޗެއްގެ ވެރިއަކު ފަސްޓްލޭޑީއަށް އަގުބޮޑު ޑިއޯ ބްރޭންޑުގެ ދަބަހެއް ހަދިޔާ ކުރާތަން ފެނެއެވެ. ވީޑިއޯގައި ފެންނަނީ ގާތްގަނޑަކަށް 2200 ޑޮލަރުގެ އަގުހުރި ދަބަހެކެވެ.

އެ ދަބަސް ފަސްޓް ލޭޑީއަށް ދީފައި ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށް ދެކުނު ކޮރެއާގެ މީޑިއާތަކުން ބުނެ އެވެ.

އާންމުކޮށްފައިވާ ވީޑިއޯ ގައި ފަސްޓްލޭޑީ ކިމް އަށް ހަދިޔާ ކުރި އަތް ދަބަސް ބަލައިގަތްކަން ނޭނގުނު ނަމަވެސް ކޮރެއާ ހެރަލްޑް އިން ރިޕޯޓްކޮށްފައިވާ ގޮތުން ދެކުނު ކޮރެއާގެ ރައީސް އޮފީހުން ވަނީ ފަސްޓް ލޭޑީއަށް އެ ދަބަސް ލިބުނުކަން ކަށަވަރުކޮށްދީ، އެއީ މިހާރު ސަރުކާރުގެ މުދަލެއްގެ ގޮތުގައި ބަލަހައްޓައި ރައްކާކުރަމުންދާ އެއްޗެއް ކަމަށް ހާމަކޮށްފައެވެ.

މި ދަބަހުގެ މައްސަލަ ހޫނު ވެފައިވަނީ ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ބާއްވަން އެންމެ ތިން މަހަށް ވެފައިވަނިކޮށެވެ. އަދި މިމައްސަލަ ވައިގައި ހިފީ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކްއަށް ގިނަ ބައެއްގެ ތަރުހީބު އިތުރުވަމުން ދަނިކޮށްކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ދެކުނު ކޮރެއާގެ ގާނޫނުގައި ބުނާ ގޮތުން ސަރުކާރުގެ އިސް އޮފިޝަލުންނާއި އެމީހުންގެ އަނބިންނާއި ފިރިންނަށް އެއްފަހަރާ އެއް މިލިއަން ވޮން (750 ޑޮލަރ) އަށް ވުރެ ގިނަ ހަދިޔާ ނުވަތަ ޖުމްލަ 3 މިލިއަން ވޮން (2240 ޑޮލަރ)ގެ ހަދިޔާ މާލީ އަހަރެއްގެ ތެރޭގައި ބަލައިގަތުމަކީ ގާނޫނާ ހިލާފު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން