ރާ ވިއްކާ ފިހާރައެއް
ރާ ވިއްކާ ފިހާރައެއް
މުސްލިމުންގެ އެންމެ މުގައްދަސް ދެ ހަރަމް ފުޅު ހުންނަ ސައުދީ އަރަބިއްޔާގައި ބަނގުރާ ވިއްކާ ފިހާރައެއް ހުޅުވައިފި އެވެ.

އެ ފިހާރަ ހުޅުވާފައި ވަނީ ހަމައެކަނި ސައުދީގައި ހުންނަ ޑިޕްލޮމެޓުންނަށް އެކަނި ކަމަށް ދުނިޔޭގެ ބޮޑެތި މީޑިއާތައް ކަމަށްވާ ރޮއިޓާސް، ބީބީސީ އަދި އެސޯސިއޭޓެޑް ޕްރެސްއިން ވަނީ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް ސައުދީ އަރަބިއްޔާގެ ސަރުކާރުން އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ، އަދި އެ ގައުމުގެ މީޑިއާތަކުން ވެސް އެކަމާ ބެހޭގޮތުން ވާހަކައެއް ނުދައްކަ އެވެ.

ސައުދީގައި ދިރިއުޅޭ ޑިޕްލޮމެޓަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ބުނީ އެ ފިހާރަ ހުންނަނީ ވެސް ވެރިރަށް ރިޔާދުގެ ޑިޕްލޮމެޓިކް ކުއާޓާގައި ކަމަށެވެ، އަދި ރާ ގަނެވެނީ ވެސް ޑިޕްލޮމެޓިކް ޕާސްޕޯޓް ދެއްކުމުން ކަމަށް އޭނާއާ ހަވާލާދީ އޭޕީ ބުނެއެވެ.

މައުލޫމާތު ދިން ޑިޕްލޮމެޓު ބުނެފައިވާ ގޮތުގައި އެ ފިހާރަ ބޮޑަށް ވައްތަރީ އެއާޕޯޓުތަކުގައި ހުންނަ ޑިއުޓީ ފްރީ ރާ ފިހާރަ އަކާ އެވެ.

އެ ތަނުން ހާޑް ލިކާއާއި ވައިން އަދި ދެ ވައްތަރުގެ ބިޔަރު ލިބޭ ކަމަށް ވެއެވެ.

ސައުދީގެ ވަލީ އަހުދު ކަމާ މުހައްމަދު ބިން ސަލްމާން ހަވާލުވެވަޑައިގެންނެވި ފަހުން އިޖުތިމާއީ ގޮތުން އެ ގައުމަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުން ނެވެ.

މީގެ ކުރިން ސައުދީ އަރަބިއްޔާގައި ޑިޕްލޮމެޓުން ރާ ގަންނަނީ ބްލެކް މާކެޓުންނާއި އެ ގައުމުގައި ވަގަށް އެތަކެތި އުފައްދާ މީހުންގެ އަތުން ނެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ތިމަންނަ

27-Jan-2024

ދެން ތިޔަ ޖެހުނީ ތާ..........



ޓްރެންޑިން