މެލޭރިއާއިން ދިފާއުވާން ހެދި ފުރަތަމަ ވެކްސިން އެފްރިކާގައި ދޭން ފަށައިފި އެވެ.

އިނގިރޭސިވިލާތުގެ ޖީއެސްކޭ ފާމަސޫޓިކަލް ކުންފުނިން އުފެއްދި"މޮސްކުއިރިޒް" ވެކްސިން އެންމެ ފުރަތަމަ ދޭން ފެށީ ކެމަރޫންގަ އެވެ.

ކެމަރޫންއިން ކޮންމެ އަހަރަކު ވެސް މެލޭރިއާގެ ހަ މިލިއަން ކޭސް ފެނެއެވެ. އެ ބަލީގައި 2021 ވަނަ އަހަރު އެކަނިވެސް 18،839 މީހުން ކެމަރޫންއިން މަރުވެފަައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ފަސް އަހަރުން ދަށުގެ ކުދިން ނެވެ.

"ވެކްސިންގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ސަލާމަތްވާނެ. އަދި އޭގެ ސަބަބުން ކެމަރޫންގެ ސިއްހީ ނިޒާމަށާއި އަދި އާއިލާތަކަށް ވެސް ހިތްހަމަޖެހުން ލިބޭނެ." ގްލޯބަލް އެލަޔަންސް ފޯ ވެކްސިންސް އެންޑް އިމިޔުނައިޒޭޝަން (ގަވީ)ގެ ޗީފް ޕްރޮގްރާމް އޮފިސަރު އޮރެލިއާ ގުޔޭން ވިދާޅުވި އެވެ.

ތަހުލީލުތަކުން ދައްކާ ގޮތުން އެ ވެކްސިނުން ދިފާއުކޮށްދޭ ރޭޓަކީ 36 ޕަސެންޓެވެ. އަދި ހަތަރު ޑޯޒް ޖުމްލަ ޖަހަން ޖެހޭނެ އެވެ.

ކެމަރޫންގެ އިތުުރުން އެފްރިކާގެ އިތުރު 19 ގައުމަކަށް ވެސް އެ ވެކްސިން ވަނީ ފޯރުކޮށްދީފަ އެވެ. އަދި އެ ވެކްސިން ޕްރޮގްރާމްތައް އެ ގައުމުތަކުުގައި ވެސް މި އަހަރު ފަށަން ވަނީ ތާވަލުކޮށްފަ އެވެ.

އެގޮތުން 2025 ވަނަ އަހަރާ ހަމައަށް އެ ގައުމުތަކަށް ޖުމްލަ 18 މިލިއަން ޑޯޒްގެ މެލޭރިއާ ވެކްސިން ފޯރުކޮށްދެވޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން