ސްރީލަންކާގެ ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލައިފިއެވެ.

މި ހާދިސާ ހިންގާފައިވަނީ މިއަދު ހެނދުނު ލަންކާގެ ސައުތު އެކްސްޕްރެސްވޭގެ ބެލިއަޓާ އެގްޒިޓް ކައިރީގައެވެ. ބަޑިޖެހި ވަގުތު ސިޔާސީ ބޭފުޅެއް ހިމެނޭހެން 4 މީހަކު މަރާލާފައިވާ ކަމަށް ލަންކާގެ ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި ހަތަރު މީހަކު ވަގުތުން މަރުވިއިރު، އޭގެ ކުޑައިރުކޮޅެއް ފަހުން ބަޑީގެ ހަމަލަ އަމާޒުވި ފަސްވަނަ މީހަކު ވަނީ މަރުވެފައެވެ.

ބަޑީގެ ހަމަލާގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރޭގައި ވިޔަފާރިވެރިއެއް ކަމަށްވާ އަޕޭ ޖަނަބަލާ ޕަކްޝަޔާ ޕާޓީގެ ލީޑަރު ސަމާން ޕެރޭރާ ހިމެނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ބަޑިޖެހި ގްރޫޕްގެ މީހުން އެތަނަށް އައިސްފައިވަނީ ހުދުކުލައިގެ ލޭންޑްރޯވާ ޑިފެންޑަރެއްގައި ކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ. ބަޑިޖެހި ބައެއް މީހުން ތިބީ އެކްސްޕްރެސްވޭގެ ބެލިއަޓާ އެގްޒިޓް ކައިރީގައި ހުރި ސައި ފިހާރައެއްގެ ބޭރުގައެވެ.

ލަންކާގެ ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ތަހުގީގު ކުރިއަށްދާތީ މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް މިވަގުތަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން