އިސްރާއިލުން ޣައްޒާއަގައި މިހާރު ކުރިއަށް ގެންދާ ގަތުލު އާންމުގައި އެމެރިކާއާއި އިނގިރޭސިވިލާތްވެސް ބައިވެރިވާ ކަމަށް ބުނެ އެ ދެ ގައުމުވެސް ބައިނަލްއަގުވާމީ ކޯޓު، އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް

ގެންދަން ދެކުނު އެފްރިކާގެ ވަކީލުންތަކެއް މަސައްކަތް ފަށައިފި އެވެ.

އިސްރާއިލާ ދެކޮޅަށް ދެކުނު އެފްރިކާއިން ބައިނަލްއަގުވާމީ ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުތައް މިހާރު ވަނީ ފަށައިފަ އެވެ.

މި ފަހަރު އެމެރިކާއާއި އިނގިރޭސިވިލާތް ކޯޓަށް ގެންދަން އުޅެނީ ދެކުނު އެފްރިކާގެ 50 ވަކީލުން ގުޅިގެން ނެވެ.

އެކަމުގައި އިސްކޮށް އުޅުއްވަނީ ދެކުނު އެފްރިކާގެ ވަކީލު ވީކަސް ވޭން ރެންސްބާގް އެވެ.

ވީކަސްއާއެކު ގިނަ އަދަދެއްގެ މުސްލިމް ވަކީލުންވެސް އެ މައްސަލައިގައި ވަކާލާތު ކުރާނެ އެެވެ.

"އެމެރިކާއިން ހިންގަމުންދާ އުދުވާންތަކާ ގުޅިގެން އެ ގައުމު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ." ވީކަސް ވިދާޅުވި އެވެ.

ވީކަސް އިތުރަށް ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދަން އެމެރިކާ އަދި އިނގިރޭސިވިލާތުގެ ގާނޫނީ ވަކީލުންގެ ފާމްތަކާއެކުވެސް މިހާރު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

އިސްރާއިލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާތަކަށް ފަހު އެވެ. އޭގެ ފަހުން އިސްރާއިލުން ވަނީ ޣައްޒާގެ 25،000 މީހުން މަރާލައިފަ އެވެ.

ނަމަވެސް އިސްރާއިލުން ގަތުލު އާންމު ހިންގަމުންދާ ކަމަށް އެމެރިކާ އަދި އިނގިރޭސިވިލާތުން ދަނީ ދެކޮޅު ހަދަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން