ސީރިޔާގެ ދިމިޝްގަށް އިޒްރޭލުން ދިން ކަމަށް ބެލެވޭ ހަމަލާތަކެއްގައި އިރާންގެ 5 ކޮމާންޑަރުންނެއް މަރުވެއްޖެ ކަމަށް އެޤައުމުން ބުނެފިއެވެ.

ފަލަސްތީނުގައި ހަމަލާ ބަދަލުކުރުމުގައި އަވަދިނެތި އުޅޭ އިޒްރޭލުން މިތުހުމަތަށް އަދި އެއްބަހެއް ނުވެއެވެ.

އިޒްރޭލުން ބުނަނީ "ބޭރު ދުނިޔޭގެ ޚަބަރުތަކަށް ކޮމެންޓް ނުކުރާނެ" ކަމަށެވެ.

އެހެން ނަމަވެސް އީރާންގެ ރައީސް އިބްރާޙީމް ރައީސީ ވަނީ އިޒްރޭލުގެ ކިބައިން އެގައުމުގެ 5 އަސްކަރީ ކޮމާންޑަރުންގެ މަރުގެ ބަދަލު ހިފާނެ ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން އީރާނާއި ސީރިޔާއިންވެސް ބުނަމުންދަނީ ދިމިޝްގުގެ އިމާރާތަށް ދީފައިވާ ހަމަލާގެ ޒިންމާ އިޒްރޭލުން ނަގަން ޖެހޭނެ ކަމަށެވެ.

އިރާނުގެ އަސްކަރީ ކޮމާންޑަރުންތަކެއް މަރާލި ހަމަލާ އާމެދު ވަކި ބަހެއް ނުބުނި ނަމަވެސް އިޒްރޭލުން ދަނީ ޣައްޒާގެ އިތުރުން ސީރިޔާއާއި ލުބްނާންގެ ސަރަހައްދުތަކަށްވެސް އުދުވާނީ ހަމަލާ ދެމުންނެވެ. ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިޒްރޭލުން ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަ މިހާރު މެދުއިރުމައްޗަށް އިތުރަށް ވަނީ ފުޅާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން