އެމެރިކާދެކެ ގަންނަ ބިރުން އަރަބި ބައެއް މީޑިއާތަކުން ފަލަސްތީނާއި ދެކޮޅަށް ވާހަކަތައް ފަތުރާ ކަމަށް ޔަމަންގެ އަންޞާރުއްލާ ހަނގުރާމަވެރިންގެ ލީޑަރ ސައްޔިދް އަބުލް މަލިކް އަލް-ހޫތީ ބުނެފިއެވެ.

މީޑިއާއަށް މަޢުލޫމާތު ދެމުން އަލް-ހޫތީ ބުނީ އިސްލާމީ އުންމަތުގެ ގިނަ ގައުމުތަކުން އެމެރިކާދެކެ ބިރުގަންނަ ކަމަށެވެ. ސަހްޔޫނީ ސިފައިންނަށް އެކި ގޮތްގޮތުން އެހީތެރިވާ އެމެރިކާގެ ބިރަށް އަރަބި ގައުމުތަކުން ޣައްޒާއަށް ބޭނުންވާ ޒަރޫރީ އެހީވެސް ނުފޮނުވާކަން އޭނާ ފާހަގަކުރިއެވެ. އަދި އެމެރިކާއަކީ މުސްލިމުންގެ ދުޝްމަނެއް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އަލް-ހޫތީ ބުނީ އެމެރިކާއިން އިޒްރޭލަށް ވާގިނުދޭނަމަ ޣައްޒާގެ ބިމުން ފަލަސްތީން ރައްޔިތުން ބޭރުކުރަން ކުރާ މަސައްކަތް އިޒްރޭލަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

"ސަހްޔޫނީން ޣައްޒާގައި ހާސިލުކުރަން ބޭނުންވާ ކަންކަމުގައި ފުރިހަމަ ކާމިޔާބީ ނުލިބުނަސް، އެމެރިކާއިން ހުއްޓުމެއްނެތި އިޒްރޭލަށް އަދިވެސް ވާގިދެނީ. އަރަބިންނަށް ކުރެވޭހާވެސް ކަމަކީ ކުޑަ ވަރެއްގެ ހަމްދަރުދީއެއް ފާޅުކުރުން." އަލް-ހޫތީ ބުންޏެވެ.

އެމެރިކާއިން ދަނީ ބާރުގަދަ ހަތިޔާރެއް ނެތް ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގާ އަނިޔާވެރިކަމުގެ ތެރެއަށް ނުރައްކާތެރި ވަރުގަދަ ހަތިޔާރޯ ފޯރުކޮށްދީ ނުފޫޒު ފޯރުވަމުންކަން އަލް-ހޫތީ ފާހަގަކުރިއެވެ. އެމެރިކާއިން ހުޅަނގުގެ ބޮޑެތި ބާރުތަކުގެ ތާއީދު ހޯދިިޔަސް، އަރަބިން އެހެން ވާން ނުޖެހޭ ކަންވެސް އަލް-ހޫތީގެ ވާހަކައިގައި ފާހަގަކުރިއެވެ.

"އަނިޔާ ލިބެމުންދާ ފަލަސްތީނަށް ބޭނުންވާ ޒަރޫރީ ސާމާންތައް ފޯރުކޮށްދޭންވީމާ، އަރަބިން ކޮންތާކު ފިލާ ތިބީ؟ މިހާރު ފަލަސްތީންގެ އިގްތިޞާދު އޮތީ ސުމެއްގައި. އެކަމަކު ދުނިޔެއިން އަޅާވެސް ނުލާ." އަލް-ހޫތީ ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން