ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ ސްޓިއަރިންގ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ރައީސްއޮފީހުން ބުނީ މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރަށްފައިވަނީ އަންހެނުން ބާރުވެރިކުރުމަށް ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ ފުޅާކޮށް ކުރިޔަށްގެންދިއުމަށާއި އަދި ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރުކުރުމާ ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވިއެވެ..
ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކަމާގުޅުންހުރި އެކި ފަރާތްތަކާއެކު މަސައްކަތް ފެށުމަކީ ސަރުކާރުގެ ހަފުތާ 14ގައި ހިމެނޭ ކަމެކެވެ.
ޑރ. މުޢިއްޒު ސަރުކާރު ހިންގެވުމާ ޙަވާލުވެ ވަޑައިގަތުމަށްފަހު ވަކި ތާވަލެއް އެކުލަވާލައްވައި އަމާޒުތަކެއް ކަނޑައަޅުއްވައި އެ ލަނޑުދަނޑިތައް ވަކި ޓައިމް ފްރޭމެއްގެ ތެރޭގައި ޙާސިލު ކުރެއްވުމަށް މަސައްކަތް ކުރަށްވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު