އިޒްރޭލުން ލުބްނާންގެ ވެރިރަށް ބެއިރޫތަށް ދިން ހަމަލާއެއްގައި ހަމާސްގެ ޑެޕިއުޓީ ލީޑަރ ޞާލިޙް އަލް އަރޫރީ ޝަހީދުވެއްޖެއެވެ.

މި ބޮމުގެ ހަމަލާގައި އަރޫރީގެ އިތުރުން ޢާންމުންގެ ތިން މީހަކު ވަނީ މަރުވެފައެވެ. އަދި ހަމާސްގެ އިތުރު 2 ކޮމާންޑަރުންވެސް މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. ލުބްނާންގެ ބޮޑުވަޒީރު ނަޖީބް މައިކާޓީ ވަނީ އެޤައުމަށް ދޭ ހަމަލާތައް ކުށްވެރިކުރައްވާފައެވެ.

އަލްއަރޫރީ އަކީ ނިމިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާތަކުގައި އިސްކޮށް ހަރަކާތްތެރިވި ހަމާސްގެ ހަތިޔާރު އެޅި ވިންގުގެ ފައުންޑިންގ މެމްބަރެކެވެ.

މި ހަމަލާ ދީފައިވަނީ ބެއިރޫތުގެ މީހުން ދިރިއުޅޭ އަވަށެއް ކަމަށްވާ ދަހިޔޭގައެވެ. އެސަރަހައްދުގައި އަރަބި ޤައުމުތަކުން ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ބަލާ ހިޒްބުﷲ ހަނގުރާމަވެރިންގެ ގިނަ ބަޔަކު ވެސް ދިރިއުޅެއެވެ.



އަރޫރީ ޝަހީދުކޮށްލި މައްސަލައިގައި އިޒްރޭލުން އަދި ވަކި އެއްޗެއް ބުނެފައި ނުވާއިރު ލުބްނާންގެ ޝިޔައީ މުސްލިމުން ހިމެނޭ ހިޒްބުﷲ ޖަމާއަތުން ވަނީ އިޒްރޭލަށް "ރައްދު ޖަވާބެއް" ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އެހެން ނަމަވެސް، މައިކާޓީ ވަނީ ރައްދުގައި ހަމަލާ ނުދިނުމަށް ހިޒްބުﷲއަށް އަންގަވާފައެވެ. އެކަމަކު، ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އިޒްރޭލްގެ އަސްކަރިއްޔާއިން ބުނީ ޣައްޒާގެ އުތުރުގައި ހުންނަ ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި ހަމާސްގެ އިތުރު ހަނގުރާމަވެރިން މަރާލާފައިވާނެ ކަމަށެވެ.

ފަލަސްތީންގެ ބޮޑު ވަޒީރު މުޙައްމަދު ޝްތާއްޔޭވެސް ވަނީ ހަމާސްގެ ޑެޕިއުޓީ ލީޑަރު މަރާލި މައްސަ ކުށްވެރިކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން