އިޒްރޭލު ސިފައިންގެ މީހަކު ޣައްޒާއިން ތުއްތު އަންހެން ކުއްޖަކު ކިޑްނެޕް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިޒްރޭލުގެ އާމީ ކެޕްޓަނެއްގެ ރަހުމަތްތެރިއެއް ވަނީ އިޒްރޭލުގެ އަސްކަރީ ރޭޑިއޯއަކަށް ދިން އިންޓަވިއުއެއްގައި މިކަން ހާމަކޮށްފައެވެ. ޝަހަރް މެންޑެލްސަން ކިޔާދިން ގޮތުގައި މި ކުއްޖާ ވަގަށް ނެގި ފިރިހެންމީހާ ވަނީ އެކުއްޖާ އިޒްރޭލަށް ގެންގޮސްފައެވެ. އެހެން ނަމަވެސް، ނަން ހާމަކޮށްފައިނުވާ އެކުއްޖާ ގެންދިޔައީ ކޮންތަނަކަށް ކަމެއް އޭނާ ބުނެފައެއް ނުވެއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ މި މައްސަލަ ބެލުމަށް ގޮވާލަމުންނެވެ. އެހެން ނަމަވެސް، އިޒްރޭލުގެ ކަމާއިބެހޭ އެއްވެސް ފަރާތަކުން މިކަމާއި ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރިންނާއި ޣައްޒާއިން ކުޑަކުދިންނާއި ބޮޑެތި މީޙުން ވަގަށް ނެގުމަކީ އިޒްރޭލު އަސްކަރިއްޔާއިން ޢާންމުކޮށް ކުރާ ކަމެކެވެ. އިޒްރޭލު ސިފައިން މައިންބަފައިން ކުރިމަތީގައި ނުރުހުމުގައި ކުޑަކުދިން ކިޑްނެޕް ކުރާ ކަމަށް ފަލަސްތީނުގެ ބައެއް މީހުން ކަށަވަރު ކޮށްދެއެވެ. އިންސާނީ ހައްޤުތަކާބެހޭ ޖަމާއަތްތަކުން ވަނީ އިޒްރޭލުން ފަލަސްތީން މީހުންގެ ހަށިތަކުން ގުނަވަންތައް ވަގަށް ނަގާ ކަމަށް ތުހުމަތުކޮށްފައެވެ.

އެގޮތުން، މިފަހުންވެސް ޝަހީދުކޮށްފައިވާ ފަލަސްތީން މީހުންގެ ހަށިތައް އާއިލާއާއި ހަވާލުކުރިއިރު ހަށިގަނޑުގެ ބައެެއް މުހިންމު ގުނަވަންތައް މަދުކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އަދި އިޒްރޭލުގެ ކުންފުންޏަކުން ވަނީ ފަލަސްތީން މީޙުންނާއި އެހެން ޤައުމުތަކުގެ މީހުންގެ ހަންގަނޑުގެ ވިޔަފާރި ކުރާ ކަމަށްވެސް އެއްބަސްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން