ޖަޕާނުގެ އެއާޕޯޓަކަށް ޖެއްސި މަތިންދާބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ޖަޕާން އެއާލައިންސް އިން ބުނީ ބޯޓުގައި އަލިފާން ރޯވިއިރު ބޯޓުގައި ތިބީ 379 ފަސިންޖަރުން ކަމަށެވެ. ޓޯކިޔޯ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި މި ބޯޓުގައި އަލިފާން ރޯވުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ސަލާމަތީ ސަރަހައްދުތަކަށް ގެންގޮސްފައެވެ.

އެ ބޯޓު ރަންވޭއަށް ޖެއްސުމުގެ ތެރޭގައި އެހެން މަތިންދާބޯޓަކާއި މުޑިއަރާފައިވާ ކަމަށް ޖަޕާންގެ މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ. އެންއެޗްކޭ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުން ވެސް ވަނީ ސަލާމަތުން ނުކުމެފައެވެ. އެހެން ނަމަވެސް، ބޯޓުގައި ހުޅު ހިފާފައިވާލެއް ބޮޑުކަމުން، އެ ބޯޓަށް ބޮޑެތި ގެއްލުންތައް ވަނި ލިބިފައެވެ.

ރޯވި ޖޭއޭއެލްގެ ބޯޓާއި މުޑިއަރާފައިވަނީ ޖަޕާންގެ ކޯސްޓް ގާޑްގެ މަތިންދާބޯޓަކާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން