އެމެރިކާއިން ދިން ލަފައަށް ބޯލަނބައި ޣައްޒާގެ ރަށްތަކަށް އެއްގަމު މަގުން އަރާފައިވާ އިޒްރޭލުގެ ބައެއް ސިފައިން ބާލަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ހަނގުރާމައިގައި އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއިން މިގޮތަށް އިޒްރޭލަށް ބާރުއެޅީ ބައިނަލްއަގްވާމީ މުޖުތަމައުން އެމެރިކާއަށް އަމާޒުވަމުންދާ ނަފްރަތުގެ ސަބަބުންނެވެ.

އިޒްރޭލުން ޣައްޒާގައި ގަތުލުޢާންމު ހިންގާ ބައެއް ސިފައިން މަދުކުރަން ނިންމާފައިވާއިރު ހަމާސްއިން ދަނީ ނިރުބަވެރި ސިފައިންނާއި ދެކޮޅަށް ދޭ ހަމަލާތައް ވަރުގަދަކުރަމުންނެވެ. އެކަމުގައި ފުދޭވަރެއްގެ ކާމިޔާބީއެއް ލިބުނަަސް، އިޒްރޭލު ސަރަހައްދަށް ހަމާސްއިން ފޮނުވާ ރޮކެޓް ހަމަލާތައް އެޤައުމުގެ އަސްކަރިއްޔާއިން ދަނީ ކާމިޔާބުކަމާއިއެކީ ދިފާއުކުރަމުންނެވެ.

ޣައްޒާގައި ހަރަކާތްތެރިވަމުން ދިޔަ ސަހްޔޫނީ ސިފައިންގެ ފަސް ބްރިގޭޑެއްގެ ސިފައިން ޣައްޒާއިން ފައިބާފައި ވަނީީ އަރާމްކުރަން ވަގުތުކޮޅެއް ދިނުމަށާއި އަސްކަރީ ތަމްރީން ދިނުމުގެ ބޭނުމުގައި ކަމަށް އިޒްރޭލު އަސްކަރިއްޔާއިން ބުނެފައި ވެއެވެ. އެހެން ނަމަވެސް، އިޒްރޭލު އަސްކަރިއްޔާގައި މީގެކުރިން މަސައްކަތްކުރި ރިޓަޔަރޑް ބްރިގޭޑިއަރ ޖެނެރަލް ޝްލޯމް ބްރޮމް ބުނީ އަސްކަރިއްޔާއިން މިގޮތަށް ނިންމީ ހަމާސްއާއި ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންގައި އާ އުކުޅުތައް ބޭނުންކުރުމަށް ތައްޔާރުވުމަށް ކަމަށެވެ. ބްރޮމްއަކީ މީގެ ކުރިން އިޒްރޭލުގެ އަސްކަރީ އުކުޅުތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ.



7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 21،978 ފަލަސްތީން މީޙުން ވަނީ ޝަހީދުކޮށްލާފަވެއެވެ. އިޒްރޭލު އަސްކަރިއްޔާއިން ބުނީ ނިމިދިޔަ އޮކްޓޫބަރގެ ފަހުކޮޅުގައި 172 އިޒްރޭލު ސިފައިން މަރުވެފައިވާ ކަމަށެވެ.

އަނެއްކޮޅުން އިޒްރޭލުން ދަނީ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިންނަށް ހަމަލާ ދިނުމުގެ ނަމުގައި އެޤައުމުގެ އެތައް ޢާންމުންނެއް މަރަމުންނެވެ. އިޒްރޭލްގެ ހަމަލާތަކާއި ގުޅިގެން ލުބްނާންގެ 2000 އަށްވުރެ ގިނަ ޢާންމުން ވަނީ ޝަހީދުވެފައެވެ. އޭގެ އިތުރަށް 100 އަށްވުރެ ގިނަ ހިޒްބުﷲ ހަނގުރާމަވެރިން ޝަހީދުވެފައިވާ ކަމަށްވެސް އެޖަމާއަތުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން