ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރުގެ ކަރަށް ވަޅި ހަރައިފައި
ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރުގެ ކަރަށް ވަޅި ހަރައިފައި
ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރު ލީ ޖައި މިޔޫންގްގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

ލީގެ ކަރަށް ވަޅި ހެރީ އޭނާ މިއަދު ހެނދުނު ދެއްވި ޕްރެސްއެއްގެ ތެރެއިންނެވެ. ނަމަވެސް ވަޅި ހެރީ ކާކު ކަމެއް އަދި ވަނީ ނޭނގިފަ އެވެ.

އެކަމަކު އެތާ ތިބި މީހުން ވަނީ ވަަޅި ހެރި މީހާ ފިލިޔަ ނުދީ އޭނާގެ މައްޗަށް ގަދަވެ އޭނާ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

އެ ހާދިސާގެ ވީޑިއޯ އާއި ފޮޓޯތައް މިހާރު ވަނީ ވައިރަލްވެފަ އެވެ. އަދި ލޯ ބިންމަތީގައި ޒަހަމްތަކާއެކު އޮންނަވާތަން ވެސް ފެނެ އެވެ.

މަރުގެ ހަމަލާއަށް ފަހު ލީ ވަނީ 20 މިނެޓް ތެރޭގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ލީގެ ހާލުކޮޅު އަދި ސާފެއް ނުވެއެވެ. ނަމަވެސް ބައެއް ފަރާތްތަކާ ހަވާލާދީ މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލީ ހޭ ފުޅު އެބަ ހުއްޓެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ލޭ މަނާ ނުވެއެވެ.

އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ދެކުނު ކޮރެއާގެ އިންތިހާބު ލީއަށް ނާކާމިޔާބު ވެވަޑައިގެންނެވީ މިހާރުގެ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔިއޯލްއާ ވާދަ ކުރައްވައިގެން ނެވެ. ނަމަވެސް އެއީ އެންމެ 0.73 އިންސައިތައިގެ ވޯޓުގެ ތަފާތުން ނެވެ.

ދެހާސް ހަތާވީސް ވަނަ އަހަރު ބާއްވާ އިންތިހާބުގައި ލީ އަނެއްކާވެސް ވާދަ ކުރައްވާނެ ކަމަށް އޮތީ ވަރަށް ބޮޑަށް ބެލެވިފަ އެވެ.

ލީ އަށް ދިން ހަމަލާ ރައީސް ޔޫން ވަނީ ކުށްވެރިކުރައްވައިފަ އެވެ. އަދި އެފަދަ އަމަަލުތައް އެއް ގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން