ޖަޕާނަށް 7.2 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އައުމާއެކު, ސުނާމީގެ އިންޒާރު ދީފިއެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ވަނީ އިޝިކަވާ، ނީގަތާ އަދި ޓޮޔޯމާ ސަރަހައްދުގެ މީހުންނަށް އެ ސަރަހައްދު ދޫކޮށް، ސަލާމަތް ކަމަށް ބެލެވޭ ހިސާބުތަކަށް ދިއުމަށް އަންގާފައެވެ.

ގާތްގަނޑަކަށް 1 މީޓަރު އުސްމިނުގައި އުފެދިފައިވާ ޖަޕާނުގެ ކަނޑުގެ އައްސޭރިފަށުގެ ބައެއް ހިސާބުތަކަށް ސުނާމީގެ ބޮޑު ރާޅެއް އަރާފާނެ ކަމަށް ބެލެވޭ ކަމަށް ޖަޕާންގެ ދައުލަތުގެ މީޑިއާ، އެންއެޗްކޭ އިން ރިޕޯޓްކޮށްފައި ވެއެވެ.

ޖަޕާނަށް ސުނާމީގެ އިންޒާރުދީފައިވީ ނަމަވެސް، އެކަމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ޖަޕާނަކީ ޢާންމުގޮތެއްގައި ބިންހެލުމާއި ސުނާމީގެ އަސަަރު ކުރާ ޤައުމެކެވެ. އެގޮތުން، 2011 ވަނަ އަހަރުގެ މާޗް މަހުގެ 11 ވަނަ ދުވަހު ޖަޕާނުގެ އިރުއުތުރު ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީއެއް ވަނީ އަރާފައެވެ. އޭގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލުމުގެ އިތުރަށް ޖަޕާންގެ އެސަރަހައްދަށް އެކިވަރުގެ ގެއްލުންތައް ލިބިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން