އައު އަހަރާއި ދިމާކޮށް ޑެންމާކްގެ ރާނީ ކުއީން މާގްރެޓް، ތަހްތުން ފައިބައިވަޑައިގަންނަވަން ނިންމެވިކަން އިޢުލާންކުރައްވައިފިއެވެ.

އުމުރުން 83 އަހަރުގެ ރާނީ މާގްރެޓް ތަހްތުން ފައިބައިވަޑައިގަންނަވަން ނިންމެވިކަން އިޢުލާންކުރެއްވީ މިރޭ ފާހަގަކުރާ އައު އަހަރު ފެށުމުގެ މުނާސަބަތާ ގުޅުވައިގެން އެކަމަނާ ދެއްވި ޚިތާބުގައެވެ.

ޖެނުއަރީ 14 ގައި މާގްރެޓް ރަނިކަމުން ފައިބައިވަޑައިގަންނަވާނީ 52 އަހަރު ވަންދެން ޑެންމާކްގެ ތަހްތުގައި އިންނެވުމަށްފަހުއެވެ. އެކަމަނާ މަޤާމު ދޫކޮށްލެއްވުމުން ޑެންމާކްގެ ތަހްތަށް އިސްކުރައްވާނީ މާގްރެޓްގެ ދޮށީ ދަރިކަލުން ކަމުގައިވާ ވަލީއަހުދު ފްރެޑްރިކްއެވެ.



މާގްރެޓްއަކީ މިވަގުތު ދުނިޔޭގައި އިންނެވި އެންމެ ގިނަ ދުވަހު ރަނިކަން ކުރެއްވި ރާނީއެވެ. މިރޭ ދެއްވި ޚިތާބުގައި ޤައުމާއި މުހާތަބުކުރައްވަމުން ރާނީ ވިދާޅުވީ ފެބްރުވަރީ މަހުގައި ކުރެއްވި ބުރަކަށީގެ ސާޖަރީއަށްފަހު ދަރިކަލުންނާއި ރަސްކަން ހަވާލުކުރައްވަން ނިންމެވީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން