އިންޑިއާ ކަނޑުގައި ދަތުރުކުރަމުންދިޔަ ބޯޓަކަށް އަމާޒުވި ހަމަލާއަށްފަހު އިންޑިއާއިން އަރަބި ކަނޑަށް އަސްކަރީ މަނަވަރުތައް ފޮނުވައިފިއެވެ.

މި ބޯޓަށް އަމާޒުވި ހަމަލާގެ ފަހަތުގައި އިރާންގެ އަތެއްވާ ކަމަށް އެމެރިކާއިން ތުހުމަތުކުރަމުންދާ މި ދަނޑިވަޅުގައި އިންޑިއާއިން ބުނީ އިންޑިއާ ކަނޑުގައި ހިނގާ އެފަދަ ކަންތައްތައް އެގައުމުން ކުޑަ ކަމެއްގެ ގޮތުގައި ބަލައިނުގަންނާނެ ކަމަށެވެ. އެމެރިކާގެ މި ތުހުމަތަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އިރާނުން ބުނެފައި ވެއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އަރަބި ކަނޑު ސަރަހައްދަށް 3 އަސްކަރީ މަނަވަރު ފޮނުވާފައިވާ ކަމަށް އިޢުލާންކޮށްފައެވެ. އަދި މިގޮތަށް ކަންތައް ކުރީ އަރަބި ކަނޑު ސަރަހައްދުގައި "ހަަމަނުޖެހުންތައް އިތުރުވެފައި" ވާތީ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އޭގެ އިތުރަށްވެސް، އެސަރަހައްދުގައި މެރިޓައިމް ޕެޓްރޯލް މަތިންދާބޯޓުތައް ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.

އިންޑިއާގެ އަސްކަރީ ސިފައިން ބުނީ މުމްބާއީގައި ހޯމަ ދުވަހު ދަތުރުކުރަމުންދިޔަ "އެމްވީ ކެމް ޕޫޓޯ"އަށް ދިން ހަމަލާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެމްވީ ކެމް ޕްލޫޓޯއަށް ދީފައިވަނީ ޑްރޯން ހަމަލާއެއް ކަމަށް އިންޑިއާއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން