އިރާންގެ އައިއާރްޖީސީގެ ކޮމާންޑަރުގެ މަރުގެ ބަދަލު ހިފަނާނެ ކަމަށް ބުނެ އިރާނުން އިޒްރޭލަށް އިންޒާރުދީފިއެވެ.

ސީރިޔާގެ ވެރި ރަށް ދިމިޝްޤުގެ ރަށް ބޭރަށް ޒަޔަނިސްޓް އަސްކަރިއްޔާއިން ދިން ވައިގެ ޙަމަލާއެއްގައި އީރާނުގެ އިންޤިލާބީ ލަޝްކަރުގެ އިސް މުޝީރެއް ކަމަށްވާ ސައްޔިދު ރަވީ މޫސާވީ ވަނީ ޝަހީދުވެފައެވެ. މޫސާވީ ޝަހީދުކޮށްލާފައިވަނީ ލުބްނާންގެ ހިޒްބުއްލާ ޖަމާއަތުން އިޒްރޭލު ސިފައިންނަށް އަމާޒުކުރާ ހަމަލާތައް ދިނުމުގައި އިރާނުން އެހީތެރިވާކަމަށް ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މޫސާވީ އަކީ 2020 ވަނަ އަހަރު އެމެރިކާއިން މަރާލި އައިއާރުޖީސީގެ ކޮމާންޑަރު ޤާސިމް ސުލައިމާނީގެ އެހީތެރިއެކެވެ.

ތަސްނިމް އިން ރިޕޯޓްކުރި ގޮތުގައި އޭނާ އަކީ ސީރިއާގައި ހަރަކާތްތެރިވާ އައިއާރުޖީސީގެ އެންމެ އިސް ކޮމާންޑަރުންގެ ތެރެއިން އެކަކެވެ. މޫސާވީގެ މަރާއި ގުޅޭގޮތުން އިޒްރޭލުގެ އަސްކަރިއްޔާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިމަހުގެ ކުރީކޮޅު އީރާނުން ވަނީ ސީރިއާގައި ހަރަކާތްތެރިވި އިރާންގެ އައިއާރްޖީސީގެ ދެ މެންބަރަކު އިސްރާއީލުން މަރާލި ކަމަށް ތުހުމަތުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން