ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ
ރިޕަބްލިކަން ޕާޓީގެ ފްރޮންޓްރަނަރު ޑޮނަލްޑް ޓްރަމްޕް 2024 ވަނަ އަހަރުގެ އެމެރިކާގެ އިންތިޚާބު ކާމިޔާބު ކޮށްފިނަމަ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅިގެންދާނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ހެކި ދައްކުވައިދޭ ސައިންސްގެ ކަންކަން ދޮގުކުރާ ޓްރަމްޕް މިދިޔަ ހަފްތާގައި ވިދާޅުވީ އިންތިޚާބުވެއްޖެނަމަ ތަރައްގީވަމުން އަންނަ ގައުމުތަކުން ވައި ތަގައްޔަރު ކުރާ ގޭސް ބޭރުކުރުން މަދުކުރުމަށް އެހީތެރިވުމަށް ގާއިމުކޮށްފައިވާ ގްލޯބަލް ފަންޑަށް އެމެރިކާއިން ޕްލެޖްކޮށްފައިވާ ތިން ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުން ބާތިލު ކުރާނެ ކަމަށެވެ. މީގެ އިތުރުން، ޓްރަމްޕް ވަނީ އިއާދަކުރަނިވި ހަކަތައަށް ބައިޑަންގެ ސަރުކާރުން ކުރާ އިންވެސްޓްމަންޓްތަކަށް ދެކޮޅު ހެދުމަކީ ޓްރަމްޕްގެ ކެމްޕޭން މެސެޖުތަކުގެ މައިގަނޑު ބައެއްގެ ގޮތުގައި ހައްދަވާފައެވެ.

މިކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ، "މުސްތަގުބަލު ބިނާކުރުމުގައި ތިމާވެށި ހިމާޔަތް ކުރުމާއި ގުޅޭގޮތުން ކަންބޮޑުވުން އެބައޮތް،" ކަމަށެވެ.

"ޓްރަމްޕް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފިނަމަ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަށް ފަހަތަށް ޖައްސައި، ކަންބޮޑުވާ މިންވަރަށް ދުނިޔޭގެ ކުރިއެރުންވެސް ލަސްވެގެންދާނެކަމުގެ ބިރު އެބައޮތް."

މިމޭރުމުން ވާހަކަ ދައްކަވަމުން ރިޔާސަތުގައި ޓްރަމްޕް އިންނެވި އިރު މޫސުމީ ކަންކަމާއި މެދު ޓްރަމްޕް ގެންގުޅުއްވި ސިޔާސަތުތަކަކީ ބައިނަލްއަގުވާމީ ގޮތުންވެސް ނުރައްކާތަކެއް ހުށައެޅިގެން ދިޔަ ކަންކަން ކަމަށް ސިފަކުރައްވައި ކެނެޑާގެ ބޮޑުވަޒީރު ވާހަކަދެއްކެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން