ހަމާސް އިން ރަހީނުކޮށްފައިވާ މީހަކު ދޫކޮށްލާ މަންޒަރެއް.
ހަމާސް އިން ރަހީނުކޮށްފައިވާ މީހަކު ދޫކޮށްލާ މަންޒަރެއް.
އިސްރާއީލުން ދެމުންދާ "އުދުވާނީ ހަމަލާތައް އެއްކޮށް ހުއްޓާލުމަށް" އެއްބަސްވާންދެން އިތުރު ރަހީނުން ދޫނުކުރާނެކަމަށް ހަމާސް ޖަމާއަތުން ހާމަކޮށްފިއެވެ.

އިސްރާއީލުގެ ރިޕޯޓުތައް ބުނާގޮތުން މިދިޔަ 7 އޮކްޓޯބަރ ގައި ހަމާސްއިން ރަހީނު ކުރި 100 އަށްވުރެ ގިނަ އިސްރާއީލުގެ ރައްޔިތުން އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް އެމީހުން މިނިވަން ކުރުމަށް ހަމާސް އިން ކަނޑައެޅި ޝަރުތާއި ބެހޭގޮތުން އަދި އިޒްރޭލުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އޮކްޓޯބަރު މަހު ހަތެއްގައި ހަމާސް ޖަމާއަތުބް އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ރައްދުގައި އިޒްރޭލުން ފެށި ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، މިހާތަނަށް ހަމާސްގެ ހަނގުރާމަވެރިންގެ ތެރެއިން 2000 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާކަމަށް އިޒްރޭލުން ހާމަކޮށްފައިވެއެވެ.

ހަމަލާތައް ވަރުގަދަކޮށް ދިގުދެމިގެންގޮސް، ފަލަސްތީނުގެ އާންމު ރައްޔިތުންގެ އެތައް ބަޔަކު އިޒްރޭލު ސިފައިން މަރަމުން ގެންދާއިރު، އދ އިން ދަނީ އެކި ގައުމު ތަކާއި ގުޅިގެން ވަގުތުން ހަނގުރާމަ ހުއްޓުވުމަށް ގޮވާލާ ގަރާރެއް ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިމަސައްކަތް ލަސްވަމުންދިއުމާއި ގުޅިގެން ގިނަ ގައުމުތަކަކުން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން