ޣައްޒާގެ ދެކުނުގެ މައި ސިޓީއިން އިތުރަށް މީހުން ހުސްކުރުމަށް އިސްރާއީލުން އަމުރުކޮށްފައިވާކަމަށް އދ އިން ބުނެފިއެވެ

އިސްރާއިލުން ދެމުންދާ ހަމަލާތައް ވަރުގަދަ ކުރުމުގެ ކުރިން އެ ސަރަހައްދުގައި 110،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދިޔަ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އަދި ފަހުގެ ރިޕޯޓުތައް ބުނާގޮތުން ޣައްޒާގެ ދެކުނުގެ މައި ސިޓީގައި، ގެދޮރު ދޫކޮށްލުމަށް މަޖުބޫރުވެފައިވާ ހާލުގައި ޖެހިފައިތިބި 140،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ 32 ވަގުތީ ހިޔާވެސް ހިމެނެއެވެ. މި ވަގުތީ ހިޔާތަކުގައި ތިބި ގިނަ މީހުންނަކީ ޣާއްޒާގެ އުތުރުގެ ސަރަހައްދުތަކުން ގެދޮރު ގެއްލިފައިވާ މީހުން ކަމަށް ވެއެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ވަރުގަދަ ވެގެން ދިޔައީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލުގެ ދެކުނަށް ދިން ހަމަލާއާއެކުއެވެ.

ޣައްޒާއަށް އިސްރާއީލުން ދެމުންދާ އަސްކަރީ ހަމަލާތަކުގައި މިހާތަނަށް 20،000 މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ހަމާސް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން