މާޝާ މިދުހަތު   21 ޑިސެމްބަރު 2023 - 14:48
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ
ފިލިޕީންސުން ދެކުނު ޗައިނާގެ ކަނޑުގެ ހާލަތު "ގޯސްކޮށް ހިސާބު" ކޮށް، ނުވަތަ އަމިއްލަ ފައިދާއަށްޓަކައި 'ނުބައި ނިޔަތެއްގައި' ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތްކުރާނަމަ، ޗައިނާއިން އެގައުމުގެ ހައްގުތައް ދިފާއުކޮށް ރައްދުދޭނެ ކަމުގެ އިންޒާރު ޗައިނާއިން ދީފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ މިހެން ވިދާޅުވީ ފިލިޕީންސްގެ ފޮރިން މިނިސްޓްރީ އާއި ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައިކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން އާންމުކޮށްފައިވާ މި ބަޔާނުގައި ދެގައުމުން މަޝްވަރާ ކުރީ ޗައިނާ ކަނޑުގައި ހުރި ހަމަނުޖެހުންތަކަށް އިޝާރާތްކޮށް ކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް މި ހަމަނުޖެހުންތަކާއި ބެހޭގޮތުން ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.

ފިލިޕީންސާއެކު ކުރި މި މަޝްވަރާގައި ޗައިނާގެ ވަންގް ޔީ ވިދާޅުވީ ދެގައުމުން ވެސް އަވަށްޓެރިންގެ ގޮތުގައި އެއްވެސް މައްސަލައެއް އުފެދިއްޖެނަމަ މަޝްވަރާ ކުރަން ޖެހޭ ކަމަށާއި އެންމެ އަވަސް މަސައްކަތަކީ މިހާރު ކަނޑުގެ ހާލަތު މެނޭޖް ކުރުން ކަމަށެވެ.

ވަންގް ވިދާޅުވީ ދެގައުމުގެ ގުޅުންތަކުގައި އެންމެ ބޮޑު ގޮންޖެހުމެއް ދިމާވަނީ ފިލިޕީންސްގެ ސިޔާސަތު ބަދަލުކޮށް ކޮށްފައިވާ ވައުދުތަކާ ދުރުވުމުން ކަމަށާއި، އެގޮތުން ވީހާވެސް އަވަހަކަށް ސިޔާސަތުތައް ހަރުދަނާ ކުރުމަށް ފިލިޕީންސް އަށް ނަސޭހަތްތެރިވާ ކަމަށް ވަންގް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން